އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީޗަރސް ބެޑުމިންޓަން މުބާރާތް މެއި މަހަށް ފަސްކޮށްފ

ޓީޗަރސް ބެޑުމިންޓަން މުބާރާތް މެއި މަހަށް ފަސްކޮށްފ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

އައްޑޫ ބެޑްމިންޓަން ކުލަބުން އިންތިޒާމްކޮށްގެން މިމަހު ބާއްވަން އުޅުނު ބެޑްމިންޓަން މުބާރާތް މެއި މަހަށް ފަސްކޮށްފިއެވެ.

އެ މުބާރާތް ބާއްވަން ކުރިން ހަމަޖައްސައިފައިވަނީ އެޕްރީލް 26 އިން 30 އަށެވެ. މެއި މަހަށް ފަސްކުރިޔަސް ބާއްވާނެ ސީދާ ތާރީކެއް އެ ކުލަބުން ހާމައެއް ނުކުރެއެވެ. މުބާރާސް ފަސްކުރީ ކުރިން ބާއްވަން އުޅު ތާރީޚުގައި އޮފީސް ތަކުގެ މެދުގައި ބާއްވާ މުބާރާތެއް އޮންނާތީއެވެ. މުބާރާތް ލަސްކުރުމުން އިތުރު ދެ ސްކޫލަށް ބައިވެރިވުމުގެ ފުރުސަތުވެސް ލިބެއެވެ.

އައްޑޫ ބެޑެމިންޓަން ކުލަބުން ބުނީ މުބާރާތް ލަސްވުމަކީ ތައްޔާރުވާން ލިބުނު އިތުރު ފުރުސަތެއް ކަމަށެވެ. "މުބާރާތް ދެން ބާއްވާނެ ތާރީޚެއް ފަހުން އިއުލާން ކުރާނަން. މުބާރާތް ފަސްވުމަކީ ރަނގަޅަށް ތައްޔާރުވާން ލިބުނު އިތުރު ފުރުސަތެއް. އިރާދަ ކުރެއްވިއްޔާ މުބާރާތުގެ އިންތިޒާމް ކުރިއަށްވުރެ ދެން ރަނގަޅުވާނެ،" ކުލަބުގެ އިސްބޭފުޅަކު ވިދާޅުވިއެވެ.

މުބާރާތް ލަސްކުރަން ނިންމި އިރު ޖުމްލަ 6 ޓީމްވަނީ ބައިވެރިވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު