ދިރާގުން ސެމްސަންގް ގެލްކްސީ S8 އަދި +8Sގެ ޕްރީ ރެޖިސްޓްރޭޝަން ހުޅުވާލައިފި

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ދިރާގުން ސެންމަންގްގެ އެންމެ ފަހުގެ ފްލެގްޝިޕް ސްމާޓްފޯން ސީރީޒް ކަމަށްވާ ސެމްސަންގް ގެލެކްސީ S8 އަދި ގެލެކްސީ +8Sދިރާގުވެބްސައިޓްމެދުވެރިކޮށް މިއަދުން ފެށިގެން ޕްރީ ރެޖިސްޓަރކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ދިރާގު މެދުވެރިކޮށް ފޯނު ބައްލަވައިގަންނަ ފަރާތްތަކަށް ހަމަސްދުވަހު ހިލޭ ޑޭޓާ ލިބޭނެއެވެ.

ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން، އިންސްޓޯލްމެންޓަށް ފައިސާ ދައްކާގޮތަށް ފޯނުގަތުމުގެ ފުރުސަތު ދިރާގުން ވަނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.

ސެމްސަންގް ގެލެކްސީ S8ދެ ކުލަޔަކުން ލިބެން ހުންނާނެއެވެ. އެއީ މިޑްނައިޓް ބްލެކް އަދި މޭޕަލްގޯލްޑްއެވެ. ސެމްސަންގް ގެލެކްސީ +8S ލިބެން ހުންނަ ކުލަތަކަކީ މިޑަނައިޓް ބްލެކް، މޭޕްލް ގޯލްޑް އަދި ކޮރަލް ބްލޫ އިންނެވެ.

ސެމްސަންގް ގެލެކްސީ S8އަދި+8S ގަންނަން ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން ދިރާގު ވެބްސައިޓް www.dhiraagu.com.mvމެދުވެރިކޮށް ޕްރީބުކް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ދިރާގުން ބުނެއެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

މޫސާ ވަހީދު