އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަމައެކަނި ބޭނުމަކީ ޤައުމު ހަމަމަގަށް އަޅުވައި ސަރުކާރު ޒިންމަދާރުކުރުވުން: ޢަބްދުﷲ ރިޔާޟް

ހަމައެކަނި ބޭނުމަކީ ޤައުމު ހަމަމަގަށް އަޅުވައި ސަރުކާރު ޒިންމަދާރުކުރުވުން: ޢަބްދުﷲ ރިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

އިދިކޮޅު ކޯލިޝަނުގެ ހަމައެކަނި ބޭނުމަކީ ޤައުމުގެ ކަންކަން ހަމަމަގަށް އަޅުވައި ސަރުކާރު ޒިންމާދާރުކުރުވުން ކަމަށާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރުން ކަމަށް ޖުމްހޫރީ ޕާޓީގެ ޑިޕިޔުޓީ ލީޑަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ރިޔާޟް ވިދާޅުވީ މިހައިތަނަށް މިނިވަންކަމާއިއެކު ހުންނެވި ހަމައެކަނި އިދިކޮޅު ލީޑަރަކީ ޤާސިމް އިބްރާހީމް ކަމަށްވާއިރު އެމަނިކުފާނު ހައްޔަރުކުރުމުން އިދިކޮޅު ފަރާތްތަކުގެ މަސައްކަތްތަކަށް ހީނަރުކަން އަންނާނެ ކަމަށެވެ. އެހެންކަމާއިއެކުވެސް އިދިކޮޅު ފަރާތްތަކުގެ މަސައްކަތްތައް ނުހައްޓައި ކުރިއަށް ގެންދާނެ ކަމަށެވެ.

ޢަބްދުﷲ ރިޔާޟް ވިދާޅުވީ ޤާނޫނާއި ޚިލާފަށް ޤާސިމް ހައްޔަރުކުރުން އެއީ ރަނގަޅު ހައްޔަރު ކުރުމެއް ކަމަށް ދައްކަން އަލުން ހައްޔަރުކުރި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ޤާނޫނާއި ޚިލާފަށް ކޮށްފައިވާ ކަމެއް ދެމިއޮންނާނީ ހަމަ ޤާނޫނާއި ޚިލާފް ކަމެއްގެ ގޮތުގައި ކަމަށެވެ.

ޢަބްދުﷲ ރިޔާޟް ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރަންޖެހެނީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީގެ އަޑުއުފުލޭ ގޮތަށް ނޫން ކަމަށާއި އިދިކޮޅު ފަރާތްތަކުގެ އަޑަކީވެސް ސަރުކާރު ހިންގުމުގެ ބައެއް ކަމަށެވެ. ޢަބްދުﷲ ރިޔާޟް މިއަދުވެސް ވަނީ އިދިކޮޅު ފަރާތްތަކަށްވެސް އަޑު އުފުލޭނެ، އަދި މިނިވަންކަމާއިއެކު ހަރަކާތްތެރިވެވޭނެ މާހައުލެއް ރާއްޖޭގައި އުފައްދައިދިނުމަށް ސަރުކާރަށް ގޮވާލައްވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް