އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާސިމް 15 ދުވަހު ބަންދުގަ ބަހައްޓަން މުއްދަތު ޖަހައިފި

ޤާސިމް 15 ދުވަހު ބަންދުގަ ބަހައްޓަން މުއްދަތު ޖަހައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

އިތުރު 15 ދުވަހު ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިކަންކަމަކީ ދުރާލައި ރާވައިގެން، އެޕްރިލް މަހުގެ 6 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ކުރިއެރުން ހޯދަން ކުރާ ކަންކަންކަމެވެ.

މ. ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން އެންމެފަހުން ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ސަރުކާރަށް އެމަނިކުފާނު ބަންދުކޮށް ހައްޔަރުގައި ބެހެއްޓިދާނެ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ އަޒުމަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ އެކޭ ފޯޓީސެވަން ގެނެސް އެމަނިކުފާނުގެ އިސްތަށިފުޅަށް ބަޑިޖެހިނަމަވެސް ސަރުކާރުގެ މިނިވަން މުއައްސަސާތައް މިނިވަންކަމާއިއެކު ހިންގޭނެ ގޮތް ހައްދަވަން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ދުވަހަކުވެސް ކުރައްވާފައި ނުވާނެ ކަމަށާއި ނުވެސް ކުރައްވާނެ ކަމަށެވެ. އަދި ކިތަންމެ ގިނަ ތަޙްޤީޤެއް ކުރި ނަމަވެސް އެމަނިކުފާނު ޤާނޫނާއި ޚިލާފަށް ކުރެއްވެވި އެއްވެސް ކަމެއް ނުފެންނާނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް