އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާސިމްގެ ވަކީލުން ހުށަހެޅި އިޖުރާއީ ނުކުތާތައް ބަލައެއް ނުގަތް- އިތުރު އަޑު އެހުމެއް 27 ގަ

ޤާސިމްގެ ވަކީލުން ހުށަހެޅި އިޖުރާއީ ނުކުތާތައް ބަލައެއް ނުގަތް- އިތުރު އަޑު އެހުމެއް 27 ގަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު


ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާއިމެދު ޕްރޮސެކިޔުޓަރ ޖެނެރަލް އުފުލާފައިވާ 3 ދައުވާ އާއި ގުޅިގެން ޤާސިމް އިބްރާހީމްގެ ޤާނޫނީ ވަކީލުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފާހަަގަކުރި އިޖުރާއީ މައްސަލަތައް ބަލައި ނުގަނެ ޝަރީއަތަށް ޖަވާބު ދާރީ ވުމުގެ އަޑުއެހުން މިމަހުގެ 27 ވާ ބުރާސްފތި ދުވަހު ކުރިއަށް ގެންދަން ނިންމައި މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލައިފިއެވެ.
ޝަރީއަތް ނިންމައިލުމުން ޤާސިމް އިބްރާހީމް މިހާރު ވަނީ އަނބުރާ ދޫނިދޫއަށް ގެންގޮސްފައެވެ.

ޝަރީއަތުގެ މަޖިލީހުން ނުކުމެވަޑައިޮގެން ވަކީލާ ޙިސާން ހުސައިން މިއަދު ވިދާލުވީ ޤާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ 3 ދައުވާ ވެސް އުފުލާފައިވަނީ ހަމަ އެންމެ ކަމެއްގެ މައްޗަށް ކަމަށެވެ. އެހެންކަމުން އެއްކަމެއްގެ މައްޗަށް ދެ ދައުވާ ނުއުފުލޭނެކަން ފާހަގަކުރެއްވުމުން އެކަންވެސް މައްސަލަ ބެއްލެވި ފަނޑިޔާރު ބަލައިނުގަތް ކަމަށެވެ.
ހިސާން ވިދާޅުވީ ދައުވާގައި ހިމެނެނީ ޤާސިމް އިބްރާހީމް ކުރެއްވި އެންމެ ކަމެއް (ޕޯޑިއަމް ކައިރީގައި ދެއްކެވި ވާހަކަފުޅު) ކަމަށެވެ. ދެން އޮތީ ހަމައެކަނި ކުރާ 2 ތުހުމަތު ކަމަށެވެ. އެހެންކަމުން ޤާސިމް އިބްރާހީމްގެ މައްޗަށް 3 ދައުވާ ކުރެވޭނެ ޤާނޫނީ ހަމައެއް އޮތް ކަަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ހިސާން ވިދާޅުވީ މައްސަލައިގައި ޖަވާބުދާރީ ވުމުގެ ފުރުޞަތު މިއަދުވެސް ދިން ކަަމަށާއި ނަމަވެސް އިތުރަށް ބަލައި ދިރާސާކުރަންޖެހޭ ކަންތައްތައް ހުރުމުން އިތުރު ދުވަހަކަށް ލަސްކުރީ ކަމަށެވެ.

ފަނޑިޔާރުންގެ ބެންޗްގައި މިއަދު ތިއްބެވީ އިސް ޤާޟީ ޢަބްދުލްބާރީ އާއި ޤާޟީ އަހްމަދު ޝަކީލް އާއި ޤާޟީ އާދަމް ޢާރިފް އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޤާސިމް އިބްރާޙީމް ވަނީ އިސް ޤާޟީ އަބްދުލްބާރީ އިސްކޮށް އިންނަވައިގެން މައްސަލަ އަދުލުވެރިކަމާއިމެދު ޝައްކުކަމަށް ވިދާޅުވެފައެވެ. ކުރީ ދުވަހު ޤާސިމް ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ޝަރީއަތުގެ މަޖިލިސް ނިންމަވައިލެއްވިކަން ވެސް ޤާސިމް ވަނީ ފާހަގަކުރައްވައިފައެވެ. އަދި ބެންޗުން އަބްދުލްބާރީ ބަދަލުކޮށްދިނުމަށް ވެސް ޤާސިމް ވަނީ އެދިވަޑައިގެންފައެވެ.

ޤާޟީ އަބްދުލްބާރީ ވިދާޅުވީ މައްސަލަތަކުގައި ވާހަކަ ދައްކަން ފުރުޞަތު ދެނީ ކަނޑައެޅިފަ އުޞޫލެއްގެމަތިން ވަކި ވަގުތެއް ވަންދެން ކަމަށެވެ. އެހެން ޝަރީއަތެއްގެ މަޖިޅިހެއްގައި ހިނގައިދިއަ ކަމެއްގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ.
އިސްލާމް ދީނުގައި ޝަރީއަތް ކުރަން އޮންނަނީ ދައުވާ ލިބޭ މީހާއަށް މިނިޓްދީގެންކަމާއިމެދު ސުވާލު އުފެދެއެވެ.

ޤާސިމް އިބްރާހީމް އަށް މިއަދު ވަނީ އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއި ސަލާމްކުރެއްވުމުގެ ފުރުޞަތު ވަރަށް ދީލަތިކަމާއިއެކު ދެއްވައިފައެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ކާނަލް (ރޓ) މުހައްމަދު ނާޒިމާއި ޝައިޚް އިމްރާންގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލި ޝަރީއަތްތަކާއި އެއްގޮތަށް ޤާސިމް އިބްރާހީމްގެ މައްޗަށް އުފުލާފައިވާ ޝަރީއަތް ވެސް "ފަޓާސްބަރިއެއް" ފަދައިން ކުރިއަށް ގެންގޮސް ބޮޑު ޙުކުމެއް ޖަހާނެކަމަށް ޤަބޫލުކުރުމުގެ ފުރުޞަތު މިހާރު އެބައޮތް ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް