އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިފަހަރު އުމުރުން ދުވަސްވީ މިސްޓަރ ބީން އެއް، އެކަމަކު ވަރަށް މަޖާވާނެ- ރޯވަން އެތްކިންސަން

މިފަހަރު އުމުރުން ދުވަސްވީ މިސްޓަރ ބީން އެއް، އެކަމަކު ވަރަށް މަޖާވާނެ- ރޯވަން އެތްކިންސަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

މީގެ އެތަކެއް އަހަރުތަކެއް ކުރިން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބުނު ކޮމެޑީ ސީރީޒްކަމަށްވާ މިސްޓަރ ބީން، އެނބުރި ސްކްރީނަށް އަންނަން އުޅޭ ކަމަށް، ޕްރޮޑިއުސަރ އަދި އެސީރީޒްގައި "މިސްޓަރ ބީން" ގެ ރޯލު އަދާކުރާ ރޯވަން އެޓްކިންސަން ބުނެފިއެވެ.

ރޯވަން އެޓްކިންސަން ބުނިގޮތުގައި މިސްޓަރ ބީން މިފަހަރު ފެނިގެން ދާނީ އުމުރުން ދުވަސްވީ މީހެއްގެ ރޯލުންނެވެ. ނަމަވެސް ވަރަށް ހެއްވާ މަޖާ ހަރަކާތްތަކެއް އޭނާގެ ފަރާތުން ފެނިގެންދާނެ ކަމަށް ވެސް ރޯވަން ބުންޏެވެ.

"ވަރަށް މަޖާ ވާނެ އުމުރުން ދުވަސްވީ މީހެއް ގޮތަށް އޭނާ (މިސްޓަރ ބީން) އުޅޭއިރު" އަލަން ފަށަން އުޅޭ މިސްޓަރ ބީން ސީރީޒާއި ބެހޭ ގޮތުން މަޢުލޫމާތު ދެމުން ރޯވަން އެޓްކިންސަން ބުންޏެވެ.

މިސްޓަރ ބީން ކޮމެޑީ ސީރީޒް އެންމެ ފުރަތަމަ ދައްކަން ފަށާފައިވަނީ 1990 ވަނަ އަހަރުއެވެ. އަދި 1995 ވަނަ އަހަރާއި ހަމައަށް މިސްޓަރ ބީން ސީރީޒްގެ އެޕިސޯޑްތައް ދައްކާފައިވާއިރު 1997 ވަނަ އަހަރު "ބީން- ދަ ޑިޒާސްޓަރ މޫވީ" ގެ ނަމުގައި ވަނީ ފިލްމެއް ވެސް އުފައްދާފައެވެ. އަދި އޭގެ އިތުރުން 2007 ވަނަ އަހަރު "މިސްޓަރ ބީންސް ހޮލިޑޭ" ގެ ނަމުގައިވެސް ފިލްމެއް އުފައްދާފައިވެއެވެ.

ރޯވަން އެޓްކިންސަން ގެ ހުނަރުވެރި އެކްޓިންގ ދައްކުވާދީފައިވާ މިސްޓަރ ބީން ސީރީޒް މިފަހަރުވެސް އެހާމެ ރީތިވާނެ ކަމަށާއި މަޖާވާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ