އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރީމަ އޮޓޮމެޓިކުން ދަނީ ރިބާ ސެކްޝަނަށް! އިސްލާން ކުރަންޖެހެނީ ގަދަކަމުން! ބިރުވެތިވޭ!

ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރީމަ އޮޓޮމެޓިކުން ދަނީ ރިބާ ސެކްޝަނަށް! އިސްލާން ކުރަންޖެހެނީ ގަދަކަމުން! ބިރުވެތިވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

މުސްކުޅިވާ ދުވަހު ބޭނުންކުރަން ދިނުމުގެ ނަމުގައި ޕެންޝަނަށް ޖަމާކުރެވޭ ފައިސާ ޖަމާކުރެވިފައި ހުރީ އެ ފައިސާއަށް ރިބާ އެއްވަމުންދާ ގޮތަށްކަން އެނގެނީ ކިތައް މީހުންނަށްބާވައެވެ! ޢާޚިރަތް ދުވަހަށްޓަކައި ބިރުވެތި ނުވަނީ ހެއްޔެެވެ! ބިރުވެތިވާނަމަ ހޭލުންތެރިވާށެވެ!

ތިބާ ނަމާދުކުރަމުއެވެ. ޒަކާތް ދެމުއެވެ. ހައްޖާއި އުމުރާވެސް ވަމުއެވެ. ނަމަވެސް ގޮހޮރުގައި ހުރީ ރިބާ ހިމެނޭ ހަރާމް ފައިސާއިން ކައިބޮއިހަދާތަކެތި ކަމަށްވާނަމަ މިކުރެވެނީ ކީއްހެއްޔެވެ؟ ދިވެހިރާއްޖޭގެ ޕެންޝަން އޮފީހުން ދިނީ ކަމަށް ބުނުމަކީ މާތްﷲގެ ހަޟްރަތުގައި ދެއްކޭނެ އުޒުރެއް ނޫނެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ މުޙައްމަދު މަނިކު އިއްޔެ ވިދާޅުވީ ޕެންޝަން ފަންޑުގައި މިހާރު 6000 މިލިއަން ރުފިޔާ އެބަހުރިކަމަށާއި އޭގެ ތެރެއިން އެންމެ 72 މިލިއަން ރުފިޔާ ފިޔަވައި ދެންހުރި 5928 މިލިއަން ރުފިޔާ ހުރީ "ކޮންވެންޝަނަލް ބޭންކިންގ" ނިޒާމުގެތެރޭގައި ކަމަށެވެ.

ދީނީ އިލްމުވެރިން ވިދާޅުވަނީ ކޮންވެންޝަނަލް ބޭންކިންގ އަކީ ރިބާ އެކުލެވޭ ނިޒާމް ނުކިޔަން ވެގެން ބޭނުންކުރާ ނަމެއް ކަމަށާއި އެ ނިޒާމަކީ ރިބާ ހިމެނޭ ރިބާ މަސްހުނިވަމުން އަންނަ ނިޒާމު ކަމަށެވެ. އިންޓަރެސްޓް ނުވަތަ ފައިދާގެ ގޮތުގައެވެ.

މިސާލަކަށް ޕެންޝަން އޮފީހުން 3 އިންސައްތައިގެ އިންޓަރެސްޓަކާއެކު ބޮންޑެއް ވިއްކައިިފިނަމަ ފައިދާގެ ގޮތުގައި ލިބޭ ހުރިހާ ފައިސާއަކީ ރިބާއެވެ. އެއީ މުސްލިމުންނަށް ހުއްދަ ފައިސާއެއް ނޫނެވެ.

އެއީ ރިބާކަމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އެންމެ ވަރުގަދައަށް ވަކާލާތު ކުރެއްވެވީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައި ހުންނަވައި މިހާރުގެ އިސްލާމީ ކަންތައްތަކާއިބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް، ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރައްވަވާފައިވާ ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދދު އިބްރާހީމް އެވެ.

ޕެންޝަން އޮފީހުން ބުނަނީ އިސްލާމީ ބޭންކިންގ ނިޒާމަށް ކަސްޓަމަރުންގެ ފައިސާ ބަަދަލުކުރާނީ ކަސްޓަމަރު ފޯމެއް ފުރުމުން ކަމަށެވެ. ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވާއިރު ރާއްޖޭގައި ތިބީ ސައްތައިން ސައްތަ މުސްލިމުން ކަމަށް ބުނާއިރު މިއީ ހަމަ އެންމެ ރަނގަޅު ނިޒާމް ކަމާއިމެދު ސުވާލު އުފެދެއެވެ. ފޯމެއް ފުރަންޖެހޭނީ ރިބާ ނިޒާމަށް ދާން ބޭނުންވާ މީހުން ކަމަށް ނުހަދައި އޮޓޮމެޓިކުން އެންމެންގެ ފައިސާ ރިބާ ނިޒާމަށް ޖަމާކޮށް ރިބާ އާއި މަސްހުނި ކުރަމުން ގެންދަނީ ކީއްވެގެންކަމާއިމެދު ގިނަ ސުވާލުތަކެއް އުފެދެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް