އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ އަށް ބިރުން ހަށި ނުވިއްކަން ހަށިވިއްކާގެއަކުން ފިލި އަންހެންކުއްޖަކު ބިލިއަނެއްގެ އަންބަކަށް!

ﷲ އަށް ބިރުން ހަށި ނުވިއްކަން ހަށިވިއްކާގެއަކުން ފިލި އަންހެންކުއްޖަކު ބިލިއަނެއްގެ އަންބަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 53 ސިކުންތު

އާދައާއި ޚިލާފަށް ރީތި ނަސްރީނާ އަކީ އިންޑިއާގެ ރާޖަސްތާނަށް ނިޞްބަތްވާ އަންހެން ކުއްޖެކެވެ. ގުންޑާއިންގެ ބައަކު އޭނާ ވަގަށް ނެގީ އޭނާގެ އަވަށުގައި އޭނާ ދިރިއުޅޭ ގޭގެ ކައިރީގައި ހުއްޓައެވެ.

ކާރުގައި ކުރި ދިގު ދަތުރަކަށްފަހު ނަސްރީނާ ގެންގޮސް ވިއްކައިލީ މުމްބާއީގައި ހަށިވިއްކާ ގެތައް ހިންގާ ބައަކަށެވެ.

މަހެއްހައި ދުވަސްވީއިރުވެސް ނަސްރީނާއަށް ވާން އުޅޭ ގޮތެއް ނުއެނގެއެވެ. އޭނާ ހުރީ ގިނަ އަންހެން ކުދިންތަކެއް ތިބޭ ގެއެއްގައެވެ. ވަރަށް މީރުކޮށް ކާން ލިބެއެވެ. ބޭނުންވާ ހުރިހާ ކަމެއް ވެސް ކޮށްދެއެވެ.

ނަސްރީނާއަށް މައްސަލަތައް ކުރިމަތިވީ މަހެއްހައި ދުވަސް ފަހުންނެވެ. ހުރިގެއިން ހަށިވިއްކާ ގެއަކަށް ގެންގޮސް މަސައްކަތް ހަވާލުކުރުމުންނެވެ. ނަސްރީނާ ވަގުތުން ދެކޮޅު ހެދިއެވެ.

އެމީހުން ބުނީ ނަސްރީނާއަށް މިނިވަން ވެވޭނީ އޭނާ ގަންނަން ހޭދަކުރި 500،000 ރުޕީސް އާއި އެއްމަސް ދުވަހު ގޭގައި ބަހައްޓައިގެން އޭނާއަށް ކުރި ޚަރަދަށް އިތުރު 100،000 ރުޕީސް އާއިއެކު ޖުމުލަ 600،000 ރުޕީސް ދިނުމުން ކަމަށެވެ. ޖަވާބުގައި ނަސްރީނާ ބުނީ އޭނާ އަމިއްލައަށް ވިކުނީ ނޫން ކަމަށާއި ބައަކު އޭނާ ވަގަށް ނަގައިގެން ގެނެސް ވިއްކާލުމުގެ ޒިންމާ އުފުލަން އޭނާއަށް ނުޖެހޭނެ ކަމަށެވެ. އަދި އޭނާގެ މައިން ބަފައިން ކިތަންމެ ފަޤީރު ނަމަވެސް އެމީހުންނާއިއެކު އަވަށުގައި ހުރިނަމަ އެމީހުން އޭނާ ބަލަހައްޓަން ކުރި ޚަރަދު ކުރަން އެމީހުންނަށް ނުޖެހޭނެ ކަމަށެވެ.

ތަފާތު ބިރުތައް ދެއްކުމުންވެސް ނަސްރީނާ ހަށި ވިއްކަން އެއްބަހެއް ނުވިއެވެ. އޭނާ ބުނީ މާތްﷲ ދެކެ ބިރުގަންނަ ކަމަށާއި މާތް ﷲ ގެ ލައުނަތަށް އޭނާއަށް ކެތް ނުކުރެވޭނެ ކަމަށެވެ.

ވިސްނަން އިތުރު ފުރުސަތު ދިނުމަށްފަހު އެމީހުން ނަސްރީނާ ގެންދިއައީ ހަމަ ކުރިން ހުރި ގެއަށެވެ. ގޭގައި ހުރެ ނަސްރީނާ ވިސްނަމުން ދިއައީ އެތަނުން ފިލާނެ ގޮތަކަށެވެ. އެހެންކަމުން އޭނާ ދިއައީ އެތަނުގެ ސެކިޔުރިޓީ ބަލަހައްޓާ ގާޑަކާއި ގުޅުން އުފައްދަމުންނެވެ. އެގުޅުމުގެ ތެރެއިން ފިލުމުގެ ފުރުޞަތު އޭނާ ހޯދިއެވެ.

ނަސްރީނާއަށް ގާޑުމީހާ 200 ރުޕީސްވެސް ދިނެވެ. ޓެކްސީއަކަށް އަރައިގެން އަވަހަށް ދިއުމަށެވެ. ނަސްރީނާ ކާރެއްނަގައިގެން ދިއައީ ރޭލްވޭއަށެވެ. އެތަނަށް ދިއުމަށްފަހު އެންމެ އަވަހަށް ފުރާ ރޭލެއް ބެލިއިރު އޮތީ ބެންގަލޫރަށްދާ ރޭލެކެވެ. އަވަސް އަވަހަށް ޓިކެޓެއް ނަގައިގެން ބެންގަލޫރަށް ފުރިއެވެ. އަމިއްލަ އަވަށަށް ނުދިއައީ އަނެއްކާވެސް އެމީހުން އޭނާ ވަގަށް ނަގައި އަދި އިތުރު އަނިޔާތައްވެސް ކޮށްފާނެ ކަމުގެ ބިރަށެވެ.

ބެންގަލޫރަށް ރޭލްމަޑުކުރުމުން އޭނާ ރިކްޝާއަކަށް އަރައިގެން ދިއައީ މިސްކިތަކަށެވެ. މިސްކިތުގައި އަންހެނުން ތިބޭ ފަޅީގައި ހުންނަތާ މަހެއްހައި ދުވަސްވީފަހުން އޭނާ އާއި ބައްދަލުވި އަންހެނަކަށް އޭނާގެ ހާލު ކިޔައިދިނެވެ. އަދި ގޭގައި ނޯކިރީއެއްގެ ވަޒީފާ އޮތްނަމަ ދިނުމަށް އެދުމުން އެ އަންހެން މީހާ ނަސްރީނާ އޭނާގެ ގެއަށް ގެންދިއައެވެ.

ނަސްރީނާ ގެންދިއައީ އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނެއްގެ އަންބެކެވެ. އެގޭގައި ނަސްރީނާއަށް ޖެހެނީ އެމީހުންގެ 5 ދަރިން ބަލަހައްޓާށެވެ. އެކަން ނަސްރީނާ ދިއައީ އޭނާއަށް ވެވުނު އެންމެ ރަނގަޅަކަށް ކުރަމުންނެވެ.

ނަސްރީނާ އެގޭގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތްކުރާތާ 5 އަހަރުވަރުވީފަހުން ޖެހުނު ގަދަހުމެއްގައި މަހުޖަނުގެ އަނބިމީހާ ނިޔާވީއެވެ. ނިޔާވިތާ އަހަރެއްހައި ދުވަސްވީފަހުން މަހުޖަނު އެދުނީ ނަސްރީނާގެ ކައިވެންޏަށެވެ.

ނަސްރީނާ ބުނީ އޭނާއަކީ އެފަދަ މަޤާމަކަށް ކުފޫހަމަވާ އަންހެނެއް ނޫން ކަމަށެވެ. ވަރަށް ފަޤީރު ނިކަމެތި އަންހެނެއް ކަމަށެވެ. ނަމަވެސް މަހުޖަނު ބުނީ އޭނާ ވިސްނަނީ ޤަދަރާއި ފައިސާއަށް ނުވަތަ ނަސްލީ މޮޅުކަމަށް ނޫން ކަމަށާއި އޭނާގެ 5 ދަރިންނަށް ލޯބި ދޭނެ މައެއް ކަމަށެވެ. ނަސްރީނާ ދަރިންގެ ކަންކަން ބަލަހައްޓަމުން އައީ ވަރަށް ފުރިހަމައަށް ކަމަށްވާތީ އެކަމުގައި އޭނާއަށް ނަސްރީނާއަށް ފުރިހަމައަށް އިތުބާރުކުރެވޭ ކަމަށާއި އެވަރުން ފުދޭ ކަމަށެވެ.

އެއިރު ނަސްރީނާގެ ހިިތުގައިވެސް ވަނީ 5 ދަރިންނަށް ލޯބި އުފެދިފައެވެ. އަމިއްލަދަރިން ފަދައިން ބަލައި ބޮޑުކުރުމުންނެވެ. ހުރިހާ މަސައްކަތެއް އަމިއްލަ ދެއަތުން ކުރަމުން އައުމުންނެވެ. އެހެންކަމުން މާތް ﷲ އަށް ވަކީލްކޮށް ނަސްރީނާ ކައިވެންޏާއި ރުހޭކަމަށް ބުނި ދުވަހުގެ ރޭ ކައިވެނި ވަނީ ކުރެވިފައެވެ.

"ނަސްރީނާ އުފަލުން ބުނެލިއެވެ. އެމީހުން އަހަރެން ވަގަށްބަގައިގެން ނުގެންދިއަ ނަމަ ތިއަ ފިރިމީހާ އާއި އެއް ފަހަރާ ފަސްދަރިން ނުލިބުނީހެވެ. އެމީހުން އެކުރީވެސް ހަމަ ވަރަށް ރަނގަޅު ކަމެކެވެ. މިންވަރަށް އީމާންވެ މާތްﷲގެ ހަޟްރަތުން ވާގިއެދޭ އަޅުންނަށް ދެދުނިޔޭގައިވެސް މާތްﷲ މިފަދަ ނިއުމަތްތައް މިންވަރުފުޅު ކުރައްވަވާނެކަން މިދަނީ ފެންނަމުންނެވެ."

ނަސްރީނާގެ ފިރިމީހާ މިހާރު ވަނީ ނަސްރީނާގެ ަމައިންބަފައިންނަށްވެސް ގަނޑުވަރެއް ފަދަ ގެއެއް އަޅައިދީފައެވެ. އަދި އާއިލާއަށް އުފަލުގައި ދިރިއުޅެވޭވަރުގެ ވިޔަފާރިއެއްވެސް ފަށައިދީފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް