އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފަންވީ ދަރިމައިނުވަން މަންމަ ބޭނުން ކުރި ޑިވައިސް މުށު ތެރެއަށް ލައިގެން

އުފަންވީ ދަރިމައިނުވަން މަންމަ ބޭނުން ކުރި ޑިވައިސް މުށު ތެރެއަށް ލައިގެން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު


ކުޑަކުޑަ ޑެކްސްޓަރ އުފަންވީ އޭނާގެ މަންމަ ެ ބަނޑު ތެރެއިން "ސަޕްރައިޒް" އެއް ހިފައިގެންނެވެ.
ދަރިމައިވުން ކޮންޓްރޯލް ކުރުމަށް ލޫސީ ހެލެން، މިކުޑަ ޑިވައިސް އޭނާގެ ހަށިގަނޑުތެރެއަށް ލެއްވިތާ ތިން ހަފްތާފަހުން އޭނާ އިނީ ބަލިވެކަން އެނގުނެވެ. އެހެންކަމުން ވިހާ ގަދަވަންދެން އެޑިވައިސް ނަގަން ލޫސީ ގެ ޑޮކްޓަރ ލަފާ ދިނެވެ.

ޑިވައިސް ނަގަން ސްކޭން ކުރިއިރު އެންމެންނަށް ވެސް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. ދަރިމައިނުވާން ލޫސީ ގެ ހަށިގަނޑު ތެރެއަށް ލެއްވި ޑިވައިސް އެއްގޮތަކަށް ވެސް ނުފެނުނެވެ. އެހެންކަމުން ޑޮކްޓަރުން ނިންމީ ވިހާދުވަސް ގާތްވުމުން ސަރޖަރީއަކަށް ފަހު ދެން އެޑިވައިސް ނެގުމަށެވެ.

ނަމަވެސް ކަންތައްތައްވީ ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ. ޑޮކްޓަރުން ކުޑަކުޑަ ޑެކްސްޓަރ ސިޒޭރިއަން ހަދައިގެން ނެގިއިރު، އޭނާގެ މުށު ތެރޭގައި އޮތީ އޭނާގެ މަންމަގެ ބަނޑު ތެރެއިން ޑޮކްޓަރުންނަށް ނުފެނުނު، ދަރިމައިވުން ކޮންޓްރޯލް ކުރާ ޑިވައިސް އެވެ.

މިކަމުގެ ސަބަބުން ސޯޝަލް މީޑިއާގައި ޑެކްސްޓަރ ވަނީ އުފަންވީ ވަގުތުން ފެށިގެން މަޝްހޫރު ވެފައެވެ. އުފަންވީތާ 24 ގަޑީރު ވެސް ނުވަނީސް އޭނާގެ މިފޮޓޯ 71،000 މީހުން ވަނީ މަޖާ ލިޔުންކޮޅުތަކާއިއެކު ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.

ޑެކްސްޓަރ ގެ މަންމަ ލޫސީ ބުނީ ޑެކްސްޓަރ ލިބުމަކީ އޭނާގެ ނަސީބު ކަމަށާއި، ޕްލޭން ކޮށްގެން ނޫން ކަމުގައި ވިޔަސް ޑެކްސްޓާރ ލިބުމުން އޭނާ ވަރަށް އުފާވާކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ