އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގުދަނެއްގެ ދޮރު ހަލާކު ކޮށްލައިގެން ވައްކަން ކުރަން އުޅުން ބަޔަކު ހައްޔަރު ކޮށްފި

ގުދަނެއްގެ ދޮރު ހަލާކު ކޮށްލައިގެން ވައްކަން ކުރަން އުޅުން ބަޔަކު ހައްޔަރު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ޢިއްޒުއްދީން މަގުގައި ހުރި ގުދަނަކުން ވައްކަން ކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށް، އެމައްސަލަ ފުލުހުން ތަހުޤީޤު ކުރަން ފަށައިފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދެމީހުންވެސް ހައްޔަރު ކޮށްފައިވަނީ އިއްޒުއްދީނު މަގުގައި ހުރި ގުދަނެއްގެ ދޮރު ހަލާކުކޮށްލައިގެން އެތަނަށް ވަދެ ސިނގިރޭޓު ކޭސްތަކެއް ވަގަށް ނަގަން މަސައްކަތްކުރަނިކޮށް އެގުދަން ތެރެއިންނެވެ.

ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިދެލީހުން ހައްޔަށް ކޮށްފައިވަނީ، ސްޕެޝަލިސްޓް އޮޕަރޭޝަންސްގައި މަސައްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި ހިނގާ މެއި މަހުގެ 7 ވަނަ ދުވަހުގެ ރެއެވެ.

ގުދަނެއް ފަޅާލައިގެން ވައްކަން ކުރަން އުޅެނިކޮށް ހައްޔަރު ކުރެވުނު މިދެމީހުންނަކީވެސް ބޮޑެތި ވައްކަމުގެ މައްސަލަތަކުގެ ރިކޯޑްސް އޮންނަ ދެ މީހުންނެވެ. އަދި އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައެވެ.

އެގޮތުން އުމުރުން 18 އަހަރުން ދަށުގެ ކުއްޖާއަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 25 އަހަރުގެ މީހާއަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ