އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާގެ ޘަޤާފީ މަރުކަޒުން ދެ ޤައުމުގެ ޘަޤާފީ ހެދުން ދައްކާލައިފި

އިންޑިއާގެ ޘަޤާފީ މަރުކަޒުން ދެ ޤައުމުގެ ޘަޤާފީ ހެދުން ދައްކާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު


ރާއްޖޭގައި ހުންނަ އިންޑިއާގެ ޘަޤާފީ މަރުކަޒުން ދެ ޤައުމުގެ ހެދުން ދައްކާލުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.،

މިއަދު ހެނދުނު އެމަރުކަޒުގައި ކުރިއަށް ގެންދިއަ މި ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފްގެ އަނބިކަނބަލުން ޒީނާޒް އާދަމްއެވެ. ޒީނާސް ވަނީ ރާއްޖެއާއި އިންޑިއާގެ މެދުގައި އޮންނަ ގާތް ގުޅުމާއި ދިރިއުޅުމުގަ އާއި ހެދުން އަޅައި އުޅުމުގަ އާއި އަދި ޘަޤާފީ ގޮތުން ހުރި ގުޅުންތަކުގެ މައްޗަށް ބައްލަވައިލައްވައިފައެވެ.
ޒީނާޒް ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް އަބަދުވެސް އެންމެ އެހީތެރި ޤައުމު ކަމަށާއި ރާއްޖެއަށް އަބަދުވެސް އިންޑިއާ އިން އަންނަނީ އެހީތެރިކަން ލިބެމުން ކަމަށެވެ. ހަމަ އެއާއިއެކު ރާއްޖޭގައި ހެދުން އަޅައި އުޅުމުގައިވެސް އިންޑިއާ އާއި ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށެވެ.
ޒީނާޒް ވިދާޅުވީ ރާއްޖޭގައި ހެދުން އަޅައި އުޅޭގޮތަށް ބަލާއިރު އެންމެ ޒަމާނީ ފެޝަންތަކަށް ހެދުން އަޅާކަމަށެވެ. ހަމައެއާއިއެކު އަދިވެސް ގިނަ ބައަކު އޮފީސްތަކަށް ދިއުމަށް އަޅައިއުޅެނީ އިންޑިއާގެ ފެޝަންތަކުގެ ހެދުންތައް ކަމަށެވެ. ހަމައެއާއިއެކު ގިނަ ބައަކު ހިޖާބަ އަޅަމުންދާއިރު އެންމެ ޒަމާނީ ފެޝަންތަކަށް ހިޖާބަ އަޅަމުން ގެންދާ ކަމަށެވެ.
ރާއްޖޭގައި ހެދުން އަޅަމުން އައިގޮތުގެ ކުރު ތައާރަފެއްވެސް ޒީނާޒް ވަނީ ދެއްވައިފައެވެ.

މިރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރުގެ އަނބިކަނބަލުން ރީތީ މިޝްރާ ވަނީ އިންޑިއާގައި ހެދުން އަޅަމުން އަންނަ ގޮތާއި ފެޝަންތަކަށް ބަދަލުތައް އައިގޮތުގެ ތައާރަފެއް ދެއްވައިފައެވެ.

ރީތީ ފާހަގަކުރެއްވި ގޮތުގައި އިންޑިއާގައި މިހާރުވެސް އެންމެ ޚާއްޞަ ހެދުމަކީ އިންޑިއާގައި އަތުން ވިޔެގެން އުފައްދާ ޚަދި ފޭރާމުން އުފައްދާ ހެދުންތަކެވެ.، އަދި އެ މަސައްކަތުގެ ބާނީ އަކީ މަހާތަމާ ގާނދީ ކަމަށެވެ.
ޜާއްޖޭގެ ބައެއް ފެޝަން ޑިޒައިނަރުން ވަނީ މިއަދަށްޓަކައި ޚާއްޞަ ހެދުންތަކެއް ފަރުމާކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް