އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖީއެސްޓީ ނުދައްކާ 91 ފަރާތެއްގެ މަޢުލޫމާތު މީރާއިން ޢާންމުކޮށްފި

ޖީއެސްޓީ ނުދައްކާ 91 ފަރާތެއްގެ މަޢުލޫމާތު މީރާއިން ޢާންމުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ޖީއެސްޓީ ނުދައްކާ 91 ފަރާތެއްގެ މަޢުލޫމާތު މޯލްޑިވސް އިންލެންޑްމީރާއިން ޢާންމުކޮށްފިއެވެ.

މިފަރާތްތަކުގެ ނަންތައް ޢާންމުކޮށްފައިވަނީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ، ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގައި މީރާއިން ޢަމަލުކުރަމުންދާ އުސޫލުގެ ދަށުންނެވެ.

މީރާއިން ޢާންމުކޮށްފައިވަނީ މާލެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން 2016 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތެވެ.

މީރާގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ މި ލިސްޓުގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ 16 ފަރާތަކާއި އެ ނޫން ދާއިރާތަކުގައި ވިޔަފާރިކުރާ 75 ފަރާތަކާއެކު ޖުމުލަ 91 ފަރާތެއްގެ ނަން ހިމެނެއެވެ.

އެ އޮތޯރިޓީން ބުނީ ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދީފައިވާނެ ކަމަށެވެ. އަދި އެސް.އެމް.އެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެންވެސް އެ ފަރާތްތަކަށް އެކަން އެންގުމުގެ މަސައްކަތްކޮށްފައިވާނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް