އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޫއެފާގެ ޕެނަލްޓީ ޖެހުމުގެ އާ ގަވާއިދު ފުރަތަމަ ފަހަރަށް މެޗެއްގައި ބޭނުންކޮށްފި

ޔޫއެފާގެ ޕެނަލްޓީ ޖެހުމުގެ އާ ގަވާއިދު ފުރަތަމަ ފަހަރަށް މެޗެއްގައި ބޭނުންކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔޫއެފާއިން އެކުލަވާލާފައިވާ ޕެނަލްޓީ ޖެހުމުގެ އާ ގަވާއިދު ފުރަތަމަ ފަހަރަށް ވާދަވެރި މެޗެއްގައި ބޭނުން ކޮށްފިއެވެ.

މިއީ މި ފަހަކަށް އައިސް ފުޓްބޯޅައިގެ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފީފާއިން ވިސްނަމުންގެންދާ ދަނޑިވަޅެއްގައި ގެނެސްފައިވާ ބަދަލެކެވެ.

ޔޫއެފާއިން މި ގަވާއިދު ޓެސްޓް ކޮށްފައިވަނީ ވިމެންސް ޔޫރަޕިއަން އަންޑާ-17 މުބާރާތުގެ ސެމީ ފައިނަލުގައި ޖަރުމަނާއި ނޯވޭ ބައްދަލުކުރި ސެމީ ފައިނަލުގެ މެޗުގައެވެ.

ޕެނަލްޓީ ޖެހުމުގައި މިހާރު ބޭނުން ކުރަމުންދާ ABAB ފޯމެޓާއި އަލަށް ބޭނުން ކޮށްފައިވާ ABBA ފޯމެޓާއި ދެމެދު ކުޑަ ތަފާތެއް ހިމެނެއެވެ. މިހާރު ބޭނުންކުރާ ގަވާއިދުގައި ފަހަރަކު ޓީމެށް ފެނަލްޓީ ޖަހާއިރު އަލަށް ބޭނުން ކޮށްފައިވާ ގަވާއިދުގައި ކޮންމެ ޓީމަކުން ފަހަރަކު 2 ޕެނަލްޓީ ޖަހާނެ އެވެ.

މި ބަދަލަށް ބަލާއިރު، ABAB ފޯމެޓުގައި A ޓީމު ޕެނަލްޓީ ޖެހުމުން ދެން ޕެނަލްޓީ ޖަހަނީ B ޓީމެވެ. ނަމަވެސް ABBA ފޯމެޓުގައި ކޮންމެ ޓީމަކު ވެސް ފަހަރަކު 2 ޕެނަލްޓި ޖަހާނެ އެވެ. ނަމަވެސް މި ދެ ފޯމެޓުގައިވެސް ފުރަތަމަ ޕެނަލްޓީ ޖަހާ ޓީމު ކަނޑައަޅަނީ ގުރުއަތުލައިގެންނެވެ.

މި ބަދަލާއި ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދެމުން ޔޫއެފާއިން ބުނެފައިވަނީ އަލަށް އުފެއްދި ފޯމެޓު ބޭނުން ކުރަން ފެންނަ މައިގަނޑު ސަބަބަކީ، ޕެނަލްޓީއަކީ 50-50 އެއްޗަކަށް ވެފައި، މިހާރު ބޭނުން ކުރާ ފޯމެޓުން، ފުރަތަމަ ޕެނަލްޓީ ޖަހާ ޓީމަށް ފުރުސަތު ބޯޑުވާތީކަމަށާއި އެގޮތުން ގުރު ދިމާވެގެން ފުރަތަމަ ޕެނަލްޓި ޖަހާ ޓީމަށް ޕެނަލްޓި ޝޫޓްއައުޓް ކާމިޔާބުކުރުމަށް %60 ފުރުސަތު ބޮޑުވާނެކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

އަލަށް އުފެއްދި މި ޕެނަލްޓީ ޖެހުމުގެ ފޯމެޓު ރަސްމީކޮށް ބޭނުން ކުރަން ފަށާނީ މި މުބާރާތްތަކުގައި މި ފޯމެޓް ބޭނުން ކުރުމަށް ފަހު ލިބޭ ނަތީޖާއަށް ބެލުމަށް ފަހުގައި ކަމަށް ޔޫއެފާއިން ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން