އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނުންގެ މިސިފަތަށް ފިރިހެނުންނަށް ކަމަކު ނުދޭ!

އަންހެނުންގެ މިސިފަތަށް ފިރިހެނުންނަށް ކަމަކު ނުދޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 59 ސިކުންތު

ގިނަ ފިރިހެނުން ބުނާ ގޮތުގައި އެމީހުންނަށް އަންހެނުންގެ ގިނަ ކަންތައްތައް ވިސްނެން އުނދަގޫ ވެއެވެ.

އަންހެނުން ކަންތައްތަކާއި ވިސްނާ ގޮތާއި، ބޭނުންވާ ކަންތައްތަކުގެ ސަބަބުން ފިރިހެނުންގެ ސިކުނޑި ސުމަކަށް ދެއެވެ.

މިރިޕޯޓަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް "މިއަދުނޫހުން" ހިންގި ކުޑަ ސަރވޭއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ރިޕޯޓެކެވެ. މިރިޕޯޓުގައި އަންހެނުންގެ ކިބައިގާ ހުންނަ، ފިރިހެނުންނަށް ކަމުނުދާ ބައެއް ސިފަތައް އެމީހުން ހިއްސާ ކޮށްފައިވެއެވެ.

އިޝާން، 25އ.

"އެންމެ ބޮލަށް އުނދަގޫވަނީ މާގިނަ ސުވާލު ކުރާތީ. ހީވާނީ ހަމަ ކޮންމެވެސް ތަހުޤީޤެއް ކުރަން ވެގެން ބަޔާން ނަގާ އޮފިސަރެއްހެން. އަނެއްކާ އަނެއް ކަމަކީ އެއް ސުވާލަށް ޖަވާބު ދޭއިރު އަނެއްކާ ހަމަ އެސުވާލު އެހެން ގޮތަކަށް ކޮށްފާނެ!"

އުސްމާން، 26އ.

"ވަރަށް ހިތްހަމަ ނުޖެހޭ ހުރިހާ ކަމަކާ ބެހޭތީ. މިބުނީ، ދެން ހިތްހަމަ ނުޖެހިދާނެ ލައިގެން ހުންނަ އެއްޗިއްސާ ހެދިވެސް، ނޫނީ ބޯހަދާފަ ހުންނަ ގޮތާއި ހެދިވެސް. އަމިއްލަ ކަންތައްތަކާއި އެގޮތަށް މާގިނައިން ބެހޭތީ ހިތްހަމަ ނުޖެހޭ"

މިސްބާހް، 21އ.

"ބައެއް އަންހެން ކުދިން ފިރިހެނުންނަށް މާބޮޑަށް ޑިޕެންޑްވާތީ ހިތްހަމައެއް ނުޖެހޭ. އަންހެނުންނަކީ އެއަށްވުރެ ހިތްވަރުގަދަ ބައެއްކަން ޤަބޫލު ކުރަން."

އިހުސާން، 22އ.

"ޝައްކު ބަލިން ފޯވެފަ ތިބޭ ބައެއް. އެއީ އެއްމެ ފޫހިވާ ކަމަކީ. މިސާލަކަށް މަލާފަ އިންނަ ފޮޓޯއަކަށް އަންހެން ކުއްޖަކު ލައިކެއް ދީ ކޮމެންޓެއް ކޮށްލިއްޔޯ. އެދިޔައީ ދެން ދުވަސް. އެއީ ކާކުތޯ، ދިމާވީ ކިހިނެއްތޯ. އެގޮތަށް ކޮމެންޓު ކުރީ ކީއްވެތޯ ވެސް އަހާނެ. ފޮޓޯއެއް ފެނުނަސް އެވަރު ކޮށްލާ. ޤަބޫލެއް ނުކުރާނެ އަންހެން ރައްޓެހިންވެސް ތިބެދާނެކަން. ބައެއް ފަހަރު އެއަންހެން މަންޖެގެ މަޢުލޫމާތުތައް ވެސް ހޯދާނެ، އެވަރު ވެފަ ތިބެނީ. ދެން އެކަމާ ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކީމަ ބުނަނީ ގެއްލިދާނެތީ ބިރުންނޭ އެއީ."

އަހުމަދު، 25އ.

"މާގިނައިން އެއްޗިއްސަށް ކިޔުން. އަމިއްލައަށް ފެނިގެން ހަދިޔާ ދިނުމަކީ އަދި އެހެން ކަމެއް ދޯ. އެކަމަކު ދެން ދުވަސްކޮޅު ކޮޅުން އެެއްޗެއްސަށް ކިޔަންޏާ ހިތްހަމައެއް ނުޖެހޭ. ބުނެފާނެ ރީލޯޑެއް ނޫނީ ރާސްޓަސް އެއް ފޮނުވާދޭން، ނޫނީ ކުޑަ ލޯނެއް ދޭން ނުނީ އެކަހަލަ ކޮންމެވެސް ކަމެއް. އެގޮތަށް ކަންތައް ކުރީމަ އިނގޭ އެއީ ހަމައެކަނި ބޭނުން ހިފާލަނީކަން"

ފާލިޙް، 33އ.

"އެކީގައި ބޭރަށް ދާއިރު މާގިނައިން ފޯނަށް ގެއްލިފަ ހުންނާތީ ވަރަށް ހިތްހަމަ ނުޖެހޭ. ފޯނުން ކޮންމެވެސް ކަމެއް ކޮށްލަކޮށްލާ އިންނާނީ. އެކީގަ ވަގުތު ހޭދަ ނުކުރެވޭ އެކަމުގެ ސަބަބުން"

އަލީ، 25އ.

"މާ ގިނައިން ޝަކުވާ ކުރާތީ ވަރަށް ހިތްހަމަ ނުޖެހޭ. ދެން ކުދި ކުދި ކަންތައްތައް ވެސް ހަމަ ދަމާފާނެ މަހެއް ވަންދެން ވެސް."

މިއީ ދިވެހިންގެ ތެރެއިން ބައެއް ފިރިހެނުންނަށް އަންހެނުންގެ ފަރާތުން ފާހަގަ ކުރެވޭ ނޭދެވޭ ބައެއް ސިފަތަކެވެ.

ގިނަ ފިރިހެނުން ބުނި ގޮތުގައި، މިފަދަ ސިފަތަކާއިއެކު ވެސް އެއްކޮށް އުޅޭވޭތޯ އެމީހުން ވަރަށް މަސައްކަތް ކުރެއެވެ. އަދި ރީތިކޮށް ވާހަކަ ދައްކައިގެން އެކަންތައްތައް ހައްލު ކުރެވޭތޯ ވެސް މަސައްކަތް ކުރެއެވެ. ބައެއް ފަހަރު އެކަންތައް ޙައްލުވީ ނަމަވެސް އަނެއް ބައި ފަހަރު ކަންތައްތައް މާބޮޑަށް ގޯސްވާ ކަމަށް ވެސް އޭގެން ބައެއް މީހުން މައުލޫމާތު ދީފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ