އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިފުޅުގެ އެނދަށް އަރާއޮތީ ހީވެސް ނުކުރާފަދަ ސަބަބަކާއި ހެދި

ދަރިފުޅުގެ އެނދަށް އަރާއޮތީ ހީވެސް ނުކުރާފަދަ ސަބަބަކާއި ހެދި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

ޑޭނާ މޭގަރ އާއި އޭނާގެ ފިރިމީހާ މެޓް އެންމެ ފުރަތަމަ ދިމާވީ ދެމީހުންވެސް ހައީސްކޫލުގައި ތަޢުލީމު ހާސިލް ކުރި ދުވަސްކޮޅުގައެވެ. މިޗިގަން ގައި ދިރިއުޅެމުން އައި މިދެމަފިރިން ކައިވެނި ކުރީ 2013 ވަނަ އަހަރުއެވެ. އަދި އެދެމަފިރިންގެ ފުރަތަމަ ދަރިފުޅު ލުއެލާ އުފަންވީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހުއެވެ.

މެޓްގެ އަންހެނުން ޑޭނާ ފަހަކަށް އައިސް ކުރަމުން އައި ކަމެއްގެ ސަބަބުން އޭނާ ވަރަށް ހައިރާންވިއެވެ. އެމީހުންގެ ދަރިފުޅު ލުއެލާ އެނދުގައި ބާއްވާފައި އޮންނައިރު އަބަދުވެސް ދަރިފުޅު ކައިރީގައި، ދަރިފުޅުގެ އެކުޑަ އެނދު ތެރޭގައި ޑޭނާ ވެސް އޮވެއެވެ. އެންމެފަހުން އެއްދުވަހު ޑޭނާ އާއި އެކަމާބެހޭ ގޮތުން ސުވާލު ކުރިއެވެ. ޖަވާބުގައި ޑޭނާ ބުނީ، އެއީ އެމީހުންގެ ދަރިފުޅަށް އޭނާ ވީވައުދު ފުއްދަން އޭނާ ކުރާ ކަމެއްކަމަށެވެ.

ޑޭނާ ތަފްސީލުކޮށް އެވާހަކަ ކިޔާދިނެއެވެ. އެއީ ލުއެލާ ގޭގައި ބަހައްޓާފައި މެޓް އާއި އެކު ކޮންފެރެންސަކަށް ދިޔަ ފަހަރަކު ޑޭނާއަށް އިވުނު ވާހަކައެކެވެ. އެކޮންފެރެންސްގައި ވާހަކަ ދެއްކި މިޝަނަރީއެއް ކިޔާދިނީ މިވާހަކައެވެ.

"ޔޫގަންޑާ ގައި އަހަރެން މަސައްކަތް ކުރީ ޔަތީމުޚާނާ އެއްގައެވެ. އަހަންނަކީ މީގެ ކުރިންވެސް އެފަދަ ތަންތަނުގައި މަސައްކަތް ކޮށްފައިވާ މީހެކެވެ. އެތައް ބައިވަރު ތުއްތު ކުދިންނެއްވެސް ފެނި އެކުދިން ބަލަންވެސް ބެލީމެވެ. ނަމަވެސް ޔޫގަންޑާގެ އެޔަތީމުޚާނާގައި އަހަންނަށް ކުރެވުނީ މުޅިން ތަފާތު ތަޖުރިބާ އެކެވެ. ފެނުނީ ވަރަށް ވެސް ތަފާތު މަންޒަރެކެވެ.

އެތަނުގެ ނާސަރީގައި ގާތްގަނޑަކަށް 100 އެއްހާ ތުއްތު ކުދިން ތިއްބެވެ. ނަމަވެސް ހައިރާންވި ކަމަކީ އޭގެން އެއްވެސް ތުއްތު ކުއްޖެއް ދުވަހަކުވެސް ރޯލާއަޑު ނުއިވޭތީއެވެ. ތުއްތު ކުދިންނަކީ އެކުދިންގެ ރުއިމުގެ އަޑުން ބައެއް ފަހަރު މުޅިތަން ވައްޓާލާ ވަރުވެސް ކުރާ ބައެއް ނޫންހެއްޔެވެ؟ ނަމަވެސް އެތަނުގެ ތުއްތު ކުދިން ހަމަ އެއްވެސް ވަރަކަށް ނުރޮއެއެވެ.

އެހެންކަމުން މީހެއް ގާތު، އެތަން އެހާ ހަމަހިމޭނީ އަދި އެކުދިން ނުރޮނީ ކީއްވެތޯ އަހަރެން ސުވާލު ކުރީމެވެ. އޭނާ ދިން ޖަވާބުން އަހަރެންގެ ހިތް ކުދިކުދި ވިކަހަލައެވެ. އޭނާބުނީ އެކުދިން އެތަނަށް ގެނައިތާ ގާތްގަނޑަކަށް ހަފްތާއެއް ވަންދެން އެކުދިން ރުއި ކަމަށެވެ. ނަމަވެސް އެކުދިން އެރުއިން އަމިއްލައަށް ހުއްޓާލީ، އެކުދިންގެ ރުއިމުގެ އަޑަށް އާއިލާއިން އެއްވެސް މީހަކު ނައުމުން ކަމަށެވެ.

ކިތަންމެ ގިނައިރެއް ވަންދެން ރުއި ކަމުގައި ވިޔަސް އެއްވެސް މީހެއް ނާންނާނެކަން އެކުދިންނަށް އިޙްސާސްވީ ކަމަށް ވެދާނެއެވެ. އަމިއްލައަށް އެކުދިން ރުއިން ހުއްޓާލިއެވެ."

މިޝަނަރީގެ އެވާހަކަތަށް އަޑުއިވުމުން ޑޭނާއަށް ވަރަށް ފުން އަސަރެއް ކުރިއެވެ. އަދި ލުއެލާ ގާތު އަބަދުވެސް ހުންނާނެކަމަށް ޑޭނާ ވައުދުވިއެވެ. ދަރިފުޅާއި ވީހާވެސް ގާތުގައި އޮންނަނީ އެހެންވެކަން ޑޭނާ ބުނެދިނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ