އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަރލްޑް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ވޮލީ ރެފްރީއެއް...

ވަރލްޑް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ވޮލީ ރެފްރީއެއް...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ވަރލްޑް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރެފްރީކަން ކުރުމުގެ ފުރުޞަތު ރާއްޖޭގެ ތަޖުރިބާކާރު ވޮލީ ރެފްރީއެއް ކަމަށްވާ އަޙްމަދު ސަލީމް (ކުނޑި ސަލީމް) އަށް ލިބިއްޖެއެވެ.

އޭނާއަށް ފުރުޞަތު ލިބިފައިވަނީ ކިރްގިސްތާނުގައި ކުރިއަށްގެންދާ ވަރލްޑް ވޮލީބޯލް ޗެމްޕިއަންޝިޕް 2018ގެ އޭޝިއަން ސެންޓްރަލް ޒޯން ކޮލިފިކޭޝަން މުބާރާތުގައި ރެފްރީކަން ކުރުމަށެވެ.

މި މަހުގެ 23 އިން 29އަށް ކުރިއަށްގެންދާ މި މުބާރާތުގައި ރެފްރީކަން ކުރުމަށް ރޭގެ ވަގުތެއްގައި އޭނާ ވަނީ ފުރާފައެވެ.

ސަލީމަކީ ވޮލީ ރެފްރީކަމުގައި މެދުނުކެނޑި 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާ، ގިނަ ބައެއްގެ އިތުބާރު ހޯއްދަވާފައިވާ ރެފްރީއެކެވެ.

މި ފުރުޞަތާއި ބެހޭގޮތުން ސަލީމް ވިދާޅުވީ ވޮލީ ރެފްރީގެ ކެރިއަރގައި މިއީ އޭނާއަށް ލިބުނު އެންމެ ބޮޑު ފުރުޞަތު ކަމަށާއި ވޮޅި ރެފްރީއެއްގެ ޙައިޘިއްޔަތުން ރާއްޖެއިން ބޭރުގައި ތަމްޘީލު ކުރެވޭތީ ވަރަށް އުފާވާ ކަމަށެވެ. އަދި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފާނެ ކަމަށާއި ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމަށް މަސއްކަތްކުރާނެ ކަމަށެވެ.

މިއީ ވޮލީ ރެފްރީންނަށް އިތުރު ފުރުޞަތުތައް ތަނަވަސްކޮށްދީ މިހާރަށްވުރެ ގިނައިން ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ރެފްރީކަންކޮށް ތަޖުރިބާ ހޯދައިދިނުމަށް ވޮލީ ބޯލް އެސޯސިއޭޝަނުން އިސްނަގައިގެން ކުރަމުންދާ މަސައްކަތގެ ދަށުން ހޯދައިދިން ފުރުޞަތެކެވެ.

ސަލީމަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ މުބާރާތްތަކެއްގައި ރެފްރީކަން ކުރައްވާފައިވާ ފަރާތެކެވެ. އަދި ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤުވާމީ ވޮލީ މުބާރާތުގައި ސަލީމްވަނީ ޓެކްނިކަލް ޑެލިގޭޓްސްގެ މަޤާމުވެސް ފުރުއްވާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް