އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާ މަނަވަރުގެ އެހީގައި ކޮޅުވެއްޓި މާލެ ގެންނަނީ...

އިންޑިއާ މަނަވަރުގެ އެހީގައި ކޮޅުވެއްޓި މާލެ ގެންނަނީ...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ކ. ތުލުސްދޫ އިން ފުރައިގެން ލ. ގަމަށް ދަތުރު ކުރަނިކޮށް ބެހިގެން ފެނުނު "މާރިޔާ-3" ނަމަކަށް ކިޔާ ކޮޅުވެއްޓި، އިންޑިއާ މަނަވަރުގެ އެހީގައި މާލެ ގެންނަން މިސްރާބު ޖަހައިފިއެވެ.

އޭގައި ތިބި ހަ މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި، މާލެ އަށް ގެންނަން ކޮޅުވެއްޓި ދަތުރު ކުރަމުންދަނީ އިންޑިއާ މަނަވަރު ކައިރީގައި އޮވެގެންކަމަށް އެމްއެންޑީއެފް އިންވަނީ މަޢުލޫމާތު ދީފައެވެ.

ޝްރީލަންކާ ގެ "މާރިޔާ-3" ނަމަކަށް ކިޔާ މިކޮޅުވެއްޓި ބެހުނީ، އޭގެ ރޭމްޕް ހަލާކުވެގެންނެވެ. އިންޑިއާ ގެ އަސްކަރީ މަތިންދާބޯޓަކަށް ކޮޅުވެއްޓި ފެނުންއިރު އޭތި އޮތީ ލ. އިސްދޫ ގެ އިރުއުތުރުން 120 މޭލު ދުރުގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭމްޕް ހަލާކުވުން ނޫން އިތުރު ގެއްލުމެއް ކޮޅުވެއްޓިއަށް ލިބިފައެއް ނުވެއެވެ. ކޮޅުވެއްޓި ގެ އިންޖީނަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެމްއެންޑީއެފް ގެ އިންފޮމޭޝަންސް އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ކޮޅުވެއްޓިއަށް ދުއްވެނީ ވަރަށް މަޑުން ކަމަށްވާތީ މާލެއާއި ހަމައަށް ފޯރާނެ އިރެއް ބުނަން އަދި ނޭނގޭ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ