އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާސިމް "މިނިވަންވުމުގެ" އުފަލާއި ޖުމްހޫރީ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށްފި

ޤާސިމް "މިނިވަންވުމުގެ" އުފަލާއި ޖުމްހޫރީ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު


ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް މިނިވަންވެވަޑައިގަތުމާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން މާމިގިލީގައި ޚައްޞަ ހަފްލާއެއް ބާއްވައިފިއެވެ.،
އދ. މާމިގިލީ ރައްޔިތުން އިސްނަގައިގެން ރޭ މާމިގިލީގައި ބޭއްވި ހަފްލާ އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ބުނީ އެއްވެސް ހައްޤެއް ނެތި އެމީހުންގެ، އަދި ހުރިހާ ނިކަމެތިންގެ "ބައްޕަ" ޤާސިމް ހިފައި ހައްޔަރުކޮށް ކުރަމުން ގެންދިއަ އަނިޔާތަކުން މާތްﷲ، ޤާސިމް އިބްރާހީމް ސަލާމަތްވެވިކަން އެއީ މާތްﷲ އެމީހުންނަށާއި ހުރިހައި ދިވެހިންނަށް މާތްﷲ މިންވަރު ކުރެއްވެވި މަތިވެރި ނަޞްރެއް ކަމަށެވެ.
އެމީހުން ބުނީ ޤާސިމް އިބްރާހީމް ހިފައި ހައްޔަރުކުރުމަށްފަހު "ޤާސިމްގެ އުފަން ރަށުން ވެސް އެންމެ ގޮނޑިއެއްވެސް ޖުމްހޫރީ ޕާޓީއަށް ކާމިޔާބު ނުކުރެވޭނެ" ކަމަށް ޕީޕީއެމްގެ އިސްވެރިންގެ ބުނެ އިންތިޚާބަށް ނުފޫޒު ފޯރުވަމުން ގެންދަނިކޮށް މާމިގިލީ ކައުންސިލުގެ 3 ގޮނޑި ޖުމްހޫރީ ޕާޓީއަށް ލިބުމާއި ދާއިރާގެ އަތޮޅު ކައުންސިލުގެ ގޮނޑި އެމްޑީPީއަށް ލިބުމަކީ ޖުމްހޫރީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
މިހަފްލާ ްޝަރަފްވެރިކޮށްދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އެވެ.
ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހީމް ވަނީ ފުލުހުން އެމަނިކުފާނު ބަންދުކުރުމުން އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އަޑު އުފުލި ހުރިހާ ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއަށާއި އިދކޮޅު ފަރާތްތަކަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު ރާއްޖޭގެ ހުރިހާ ބޮޑެތި ސިޓީތަކާޭއި ރަށްތަކުގެ އިންތިޚާބު އިދިކޮޅު ފަރާތްތަކަށް ކާމިޔާބުކުރެވުމުން ރައްޔިތުންގެ ތާއީދު އޮތްގޮތް ވަރަށް ބޮޑަށް ހާމަވެފައިވާ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުން ބޭނުންވެގެން ތިބި ގޮތް އެނގުމުން ރައްޔިތުން އެދޭ ގޮތަށް ކުރިއަށްދާން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރަންޖެހޭނެ ކަމަށެވެ. އެމަސައްކަތްތަކުގައި ސާބިތުވެ ތިބުމަށް ކުރާ މަސައްކަތްތައްވެސް ވަރުގަދަކުރަންޖެހޭނެ ކަމަށެވެ.
ވެހެމުންދިއަ ވާރެއާއިއެކުވެސް ރޭ ބޭއްވި މި ހަފްލާގައި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ މާތްﷲއަށް ހަމްދުކޮށް ޝުކުރުކޮށް ދުުޢާކުރިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް