އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހިން އެންމެ ކަންބޮޑުވަނީ ފަލަސްޠީނުގެ މައްސަލައިގަ- ރާއްޖޭގެ ވަފުދުން ޓްރަމްޕާ ސުލާކޮށްދެއްވުން ކީއްތޯ؟

ދިވެހިން އެންމެ ކަންބޮޑުވަނީ ފަލަސްޠީނުގެ މައްސަލައިގަ- ރާއްޖޭގެ ވަފުދުން ޓްރަމްޕާ ސުލާކޮށްދެއްވުން ކީއްތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

މެދުއިރުމަތީގެ ހާލަތަށް ބަލައިފިނަަމަ ދިވެހި ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ހާލަތާއިމެދުގައެވެ. އެމެރިކާއިން ހިތްވަރުދީގެން ފަލަސްޠީނަށް ދެމުން ގެންދާ އަނިޔާތަކާއި ގެއްލުންތަކާއިމެދުގައެވެ.

ހަމައެކަނި ދިވެހި ރައްޔިތުންނަކަށް ނޫނެވެ. ހުރިހާ މުސްލިމުންނަށް ވެސް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ އިޒްރޭލުން ފޭރިގަނެފައިވާ ފަލަސްޠީނާއި އަރަބި ގައުމުތަކުގެ މައްސަލައެވެ. މެދުުއިރުމައްޗަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވެސް އެއީއެވެ.

އިޒްރޭލަށް އެމީހުން ބޭނުންވާ ހުރިހާ ކަމެއް ޙާޞިލުކޮށްދީ އަދި އދ އިން ފާސްކޮށްފައިވާ ޤަރާރުތަކަށް އަމަލުނުކުރުމަށް އިޒްރޭލަށް ހުރިހާ ގޮތަކުން ވާގިވެރިވަނީ އެމެރިކާއެވެ. އެހެންކަމުން މުސްލިމުންގެ ބިންތައް ފޭރިގަނެގެން އިޒްރޭލަށް އޮވެވެނީ އެމެރިކާއިން އެކަމުގައި އިޒްރޭލަށް ހުރިހާ ގޮތަކުން ވާގިވެރިވާތީއެވެ.

އިޒްރޭލުން ގެންދަނީ އެމީހުން ބޭނުންވާ ކޮންމެ ވަގުތަކު ފަލަސްޠީނު ސަރުކާރުގެ ރަސްމީ އެކައުންޓުގައި ހުންނަ ފައިސާކޮޅު އަތުލަމުންނެވެ. އެ ފައިސާކޮޅަކީ ހެޔޮ އެދޭ ޤައުމުތަކުން ފަލަސްޠީނުގެ ޒުރޫރީ ބޭނުންތައް ފުއްދުމަށް ހަދިޔާކުރާ ފައިސާއެވެ.

ދާދިފަހުން ވެސް އިޒްރޭލުން ވަނީ ފަލަސްޠީނުގެ ސަރުކާރުގެ އެކައުންޓުގައި ހުރި ހުރިހާ ފައިސާކޮޅު އަތުލައިގަނެފައެވެ. އެކަމުގެ ސަބަބުން ފަލަސްޠީނު ސަރުކާރަށް މިހާރުވެސް އެތައް ދަތިތަކެއް ކުރިމަތިވެފައެވެ. މިކަމުގައި އިޒްރޭލަށް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދީ ހިތްވަރުދެނީ އެމެރިކާއިންނެވެ.

ކަންކަން މިފަދައިން ހުރިއިރު ޓްރަމްޕް ތަޤްރީރުކޮށް މުސްލިމް ލީޑަރުންނަށް ކިޔައިދޭންވީ ހައްދުފަހަނައަޅައިދިއުމުގެ ވާހަތޯއެވެ؟ ނޫނީ އެހެން މީހުންގެ ހައްޤުތައް ފޭރުމުގެ ވާހަކަތޯއެވެ!

ޓްރަމްޕް ސަމިޓުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސް ވަފުދެއް ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެހެންކަމަށްވާއިރު ދިވެހި ރައްޔިތުންނާއި ދުނިޔޭގެ ހުރިހާ މުސްލިމުން އެންމެ ކަންބޮޑުވާ މިމައްސަލައިގައި ދިވެހި ވަފުދުން ޓްރަމްޕާ ސުވާލުކޮށްދެއްވުން ކީއްތޯއެވެ!

ރާއްޖެއިން އަބަދުވެސް ބުނަމުން ގެންދަނީ ބައިނަލްއަޤްވާމީ މައިދާނުގައި އަބަދުވެސް ފަލަސްޠީނުގެ ހައްޤުގައި މަސައްކަތްކޮށްދޭނެ ކަމަށެވެ. އެހެން ކަމުން މިއީ އެކަމަށް ލިބޭ ރަނުގެ ފުރުޞަތެއް ނޫންތޯއެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް