އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހާލުގައި ޖެހިފައިވާ މީހުންށް މައިޓެކްސީން 2000 ރުފިޔާގެ އެހީއެއް ދީފި

ހާލުގައި ޖެހިފައިވާ މީހުންށް މައިޓެކްސީން 2000 ރުފިޔާގެ އެހީއެއް ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

އައްޑޫސިޓީއަށް އެރި ނަގޫރޯޅީގެ ސަބަބުން ގެއްލުންވި އާއިލާތަކަށް ހިތަދޫ ޓެކްސީ ސެންޓަރެއް ކަމަށްވާ މައިޓެކްސީން 2000 ރުފިޔާގެ އެހީއެއް ދީފިއެވެ. އެ ޓެލްސީގެ ވެރިޔާ އަހުމަދު އަލީ ވިދާޅުވީ އެއީ ޓެކްސީ ޑްރައިވަރުންގެ މަސައްކަތުން އެއްކުރި ފައިސާތަކެއް ކަމަށެވެ.

މިފައިސާ މިހާރުވަނީ އެއާއިލާތަކާ ހަވާލުކުރުމަށް ސިޓީކައުންސިލާ ހަވާލު ކޮށްފައެވެ. ކައުންސިލާ ފައިސާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހިތަދު މެދުދާއިރާގެ މެންބަރާއި، އައްޑޫ މޭޔަރާއި، ބައެއް ކައުންސިލަރުންނާއި، ކުރިއަށްއޮތް ދައުރަށް ހޮވިފައިވާ ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިފައިސާއަކީ މައިޓެކްސީގެ ޑްރައިވަރުން އެއްދުވަހުގެ މަސައްކަތުން ހޯދިފައިސާއެވެ. "އަޅުގަނޑުމެން ބެލީ ހާލުގައިޖެހިފައިވާ ފަރާތްތަކަށް އަޅުގަނޑުމެންނަށް ކޮދެވޭނެ ކަމަކީ ކޮބައިތޯ. ޑްރައިވަރުން ނިންމީ އެމީހުން އެއްދުވަހު ޚިދުމަތަށް ނުކުމެ ލިބޭ ފައިސާ އެ އާއިލާތަކަށް ހަދިޔާކުރަން،" އަހުމަދު އަލީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 14 ގެއަކަށް ގެއްލުންވެފައިވާ ކަމަށް ސިޓީކައުންސިލުން ދީފައިވާ ލިސްޓުން އެނގޭ ކަމަށެވެ. އެ ފައިސާ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ލިބުމަކީ ޓެކްސީ ޑްރައިވަރުން ވަރަށް އުފާކުރާ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު