އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކްސް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އެކްސް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ޅ. ހިންނަވަރު އެމްޕަވަރިންގ ކައިނެޓިކް ސޮސައިޓީ (އެކްސް ބޯއީސް) އިން އިންތިޒާމުކޮށްގެން ބާއްވާ "އެކްސް ފުޓްސަލް ޗެލެންޖު 2017" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހިންނަވަރު ފުޓްސަލް ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ މުޅި ހިންނަވަރަށް ހުޅުވާލައިގެން، ރަމަޟާން މަހުގެ މުނާސަބާއާވެސް ގުޅުވައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

އެކްސް ބޯއީސް އިން ބުނީ މުބާރާތް ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަސް ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލަކާއި ގުޅިގެން ތާރީޚަށް ބަދަލު ގެންނަން ޖެހުމަކީ އެކަށިގެންވާ ކަމެއް ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޓީމު ލިސްޓު ހުށަހަޅަންޖެހޭ ސންގަޑިއަކީ ޖޫން 1 ވަނަ ދުވަހުގެ 23:00 ކަމަށާއި ޓީމު ލިސްޓު ހުށަހަޅާނީ ހިންނަވަރުގައި ހުންނަ ޒުވާނުންގެ މަރުކަޒަށް ކަމަށެވެ.

މީގެ އިތުރުން ކޮންމެ ލިސްޓެއްގައިވެސް ހިމެނޭނީ ގިނަވެގެން 10 ކުޅުންތެރިން ހިމެނޭ އިރު، މަދުވެގެން 8 ކުޅުންތެރިން ހިމަނަންވާނެ ކަމަށްވެސް ބުންޏެވެ. އަދި ތިން އޮފިޝަލުން ހިމަނަންވާނެ ކަމަށްވެސް ބުންޏެވެ.

މިއަހަރުގެ މުބާރާތުގައި ރަށުންބޭރު ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށާއި ނަމަވެސް އެރަށުގެ ރައްޔިތަކާއި ކައިވެނިކޮށްގެން އުޅޭ މީހެއްނަމަ، ބަލާނީ އެރަށުގެ ރައްޔިތެއްގެ ގޮތުގައި ކަމަށްވެސް ބުންޏެވެ. އަދި ޓީމު ލިސްޓާއެކު ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ އައިޑީ ކާޑު ހުށަހަޅަންވާނެ ކަމަށްވެސް ބުންޏެވެ.

މުބާރާތުގައި ބައިވެރިވުމަށް އެއްހާސް ރުފިޔާގެ ފީއެއް ނަގާ އިރު، ޓީމު ލިސްޓާއެކު އެ ފީވެސް ހުށަހަޅަން ޖެހެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހިންނަވަރު ޒުވާނުންގެ މަރުކަޒު ހުޅުވިފައި ހުންނަ ގަޑިތަކުގައި ލިބެން ހުންނާނެ ކަމަށާއި އިތުރު މަޢުލޫމާތު ހޯދުމަށް 7644499 ނުވަތަ 7879799 އަށް ގުޅުމަށްވެސް އެކްސް ބޯއީސް އިން އެދެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް