އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހި ކޭޝިއަރުން ތަމްރީނުވުން ލަސްވަނީ ޗާރޓަރޑް އެކައުންޓަންޓުންގެ ފެންވަރަށް ތަމްރީނުކުރާތީ؟

ދިވެހި ކޭޝިއަރުން ތަމްރީނުވުން ލަސްވަނީ ޗާރޓަރޑް އެކައުންޓަންޓުންގެ ފެންވަރަށް ތަމްރީނުކުރާތީ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

މިސަރުކާރުު ވެރިކަމަށް އައުމަށްފަހު އެންމެ ބޮޑު ސަމާލުކަން ދިން އެއް ކަމަކީ ދިވެހި ޑޮކްޓަރުން ތަމްރީނުކޮށް ސްޕަލިސްޓުންނަށް ހެދުމެވެ.

އެހެންކަމުން ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކޮށްގެން ބޭރުގެ މެޑިކަލް ކޮލެޖުތަކުން ޖާގަ ހޯދައިގެން 2014 ވަނަ އަހަރު ވަނީ ފުރަތަމަ ބެޗް ނޭޕާލަށް ފޮނުވައިފައެވެ.

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ޙަބީބް އިއްޔެ ވިދާޅުވީ 2014 ވަނަ އަހަރު ފޮނުވި ބެޗްގެ ޑޮކްޓަރުން ސްޕެޝަލިސްޓުންނަށް ވެގެން އަންނަ އަހަރު ރާއްޖެ އައިސް ޚިދުމަތްކުރަން ފާށާނެ ކަމަށެވެ.

މިކަމަކީ ސަރުކާރަށް ޚާއްޞަ ވަނަތަކެއް ލިބޭނެ ކަމެކެވެ. މިހައި އަވަހަށް މިހައި ގިނަ ސްޕެޝަލިސްޓުން އުފެއްދުމުންނެވެ. އަދި 3 އަހަރު ތެރޭ 36 ޑޮކްޓަރުން ސްޕެޝަލިސްޓުންނަށް ވުމަށް ފޮނުވާފައިވާތީއެވެ.

މިސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދިން ކަންކަމުގެ ތެރޭގައި ފިހާރަތަކުގައި ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ނުބޭތިއްބުން ފާހަގަކުރެވެއެވެ. ބައެއް ހާލަތްތަކުގައި ފިޔަވަޅުވެސް އަޅާފައި އެބަހުރިކަން ފާހަގަކުރެވެއެވެ.

ދިވެހިންނަށް ކޭޝިއަރުކަމުގެ ވަޒީފާ ހަމަޖެއްސުމަށްޓަކައި 1000 ކޭޝިއަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފެށި ވާހަކަވެސް ދެކެވުނެވެ. އެމީހުން ތަމްރީނުކުރެވުމުން ކައުންޓަރުތަކުން ބިދޭސީ ކޭޝިއަރުން ނުފެންނާނެ ކަމަށްވެސް ވަނީ އަޑު އިވިފައެވެ.

ކަންމިހެން އޮތް ނަމަވެސް އުފެދޭ ސުވާލަކީ 2014 ވަނަ އަހަރުން ފެށިގެން ތަމްރީނުކުރަން ފެށި ދިވެހި ކޭޝިއަރުންތައް މަސައްކަތު ނުކުންނާނެ ދުވަހެކެވެ. ކޯސްތައް އޮންލައިންކޮށް ހިންގާތީ ކިޔަވާ ކޮލެޖު ނުއެނގުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެކީގައި ކިޔަވަން ފެށި ސްޕެޝަލިސްޓުން ރާއްޖެ އައިސް ޚިދުމަތްކުރަން ފަށާ މުއްދަތު އެނގޭއިރު ދިވެހި ކޭޝިއަރުން ތަމްރީނުވެގެން ނުކުމެ ކައުންޓަރުތަކުގައި ތިބެ ބޭރު ކޭޝިއަރުންތައް ފޮނުވައިލާނެ ދުވަހެއް ނުއެނގުމަކީ މައްސަލައެއް ކަމަށް ގިނަ ބައަކު ދެކެއެވެ.

މިސަރުކާރުން ވަނީ ވަރަށް ކާމިޔާބުކަމާއިއެކު އެތައް ސަތޭކަ ފާމަސިސްޓުން ތަމްރީނުކޮށްފައެވެ. އެތައް ސަތޭކަ ބައަކު އެތިބީ ވަޒީފާގައެވެ.

މިހާރުވެސް ކޯސްތައް ހިނގަމުން ދަނީއެވެ. ސަރުކާރަށް ތާއީދު ނުކުރާ ބައަކު ކިތަންމެ ވަރަކަށް ދެކޮޅު ހަދަމުން ވެސް މިކަމުގައި ހަމަ ދަންނަވަންޖެހޭނީ "ޝުކުރިއްޔާ ރައީސް"އެވެ.

މި ކޯސްތައް ހިންގަމުން ދިއައިރު ވެސް ކޯސްތައް ނިމޭނެ ދުވަސް އެނގުނެވެ. ނަމަވެސް ފަށައިގެން މިއުޅޭ ކޭޝިއަރުކަމުގެ ކޯހަކީ ކޮން އަހަރަކު ނިމޭނެ ކޯސްތަކެއް ކަމެއް އަދި ނުއެނގެއެވެ.

ކޭޝިއަރުން ތަމްރީނުކުރަނީ ޗާޓަރޑް އެކައުންޓަންޓުންގެ ފެންވަރަށް ކަމަށް ވެއްޖެނަމަ 10 ވަރަކަށް އަހަރުވެސް ހޭދަކުރަންޖެހިދާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް