އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިރޭގެ ފައިނަލް މެޗަށް ތައްޔާރު: އިބްރަހިމޮވިޗް

މިރޭގެ ފައިނަލް މެޗަށް ތައްޔާރު: އިބްރަހިމޮވިޗް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

މިރޭ ނެދަލޭންޑްސްގެ އަޔެކްސް އާ ދެކޮޅަށް އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑް ކުޅޭ ޔޫރޮޕަރ ލީގު ފައިނަލް މެޗުގައި ކުޅެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ޔުނައިޓެޑް ތަރި ޒަލަޓަން އިބްރަހިމޮވިޗް ބުނެފިއެވެ.

އިބްރަހިމޮވިޗް ޔޫރޮޕަރ ފައިނަލަށް ތައްޔާރުކަމުގެ އިޝާރާތެއް ދީފައިވަނީ އޭނާގެ އިންސްޓަރގްރާމްގައި "ފައިނަލަށް ތައްޔާރު" މިގޮތަށް ލިޔެ ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ވީޑިއޯ އެއްވެސް އާންމުކޮށްފައިވާއިރު އެ ވީޑިއޯގައި ފެންނަނީ އިބްރަހިމޮވިޗް ޔުނައިޓެޑް ޓްރެއިނިންގ ޖާރޒީގައި ސްވިމިންގ ޕޫލެއްގެ ތެރޭގައި ހަރަކާތްތެރިވާ މަންޒަރެވެ.

އިބްރަހިމޮވިޗް އޭނާ މެޗަށް ތައްޔާރު ކަމަށް ބުނެ ޕޯސްޓެއް ކޮށްފައިވީ ނަމަވެސް ޔުނައިޓާއި އެޓީމުގެ ކޯޗު އަދި އެއްޗެސް ބުނެފައެއް ނުވެއެވެ.

އިބްރަހިމޮވިޗަށް އަނިޔާވީ ޔޫރޮޕަރ ލީގުގައި އެންޑަލެކްޓް އަތުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވި މެޗުގައެވެ.

މި މެޗުގައި އިބްރަހަމޮވިޗްގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރަށް ދާންޖެހުނުއިރު އޭނާގެ ކަކޫ ނުއަތަށް ލެނބި، ލިގަމެންޓަށް ވަނީ ގެއްލުން ލިބިފައެވެ.

އަނިޔާ ރަނގަޅުވުމަށްޓަކައި އިބްރަހިމޮވިޗް ވަނީ އެމެރިކާއަށް ގޮސް ކަކުލުގެ އޮޕަރޭޝަނެއްވެސް ކޮށްފައެވެ.

އޭގެ ފަހުން އޭނާގެ އޭޖެންޓް ރައިއޯލާ ބުނީ އިބްރަހަމޮވިޗްއަށް ލިބުނު އަނިޔާއަކީ ކެރިއަރު އެއްކޮށް ނިންމާލަން ޖެހޭވަރުގެ އަނިޔާއެއް ނޫން ކަމަށެވެ.

މިސީޒަނުގައި ޔުނައިޓެޑާ އިބްރަހިމޮވިޗް ގުޅުނީ އެއްއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިސީޒަން ނިމުމުން އެ އެގްރީމަންޓް ހަމަވާއިރު، މުއްދަތު އިތުރު ކުރުމާ ގުޅޭގޮތުން އަދި ވަކިގޮތެއް ނުނިންމައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން