އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބާރަށުގައި ކުރިއަށްދާ ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމުގެ ބައިވެރިން ހޭލުންތެރިކުރުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފި

ބާރަށުގައި ކުރިއަށްދާ ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމުގެ ބައިވެރިން ހޭލުންތެރިކުރުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމުގެ ތެރެއިން ބާރަށުގައި ކުރިއަށް ވޮލީ ޓްރެއިނިންގ ކޭމްޕުގެ ބައިވެރިން ހޭލުންތެރިކުރުމުގެ ގޮތުން ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މެއި 22 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި މަޢުލޫމާތު ދީފައިވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ބެހޭގޮތުންނެވެ. އެގޮތުން ޤާނޫނުގައިވާ މުހިންމު ބައިތަކާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޤާނޫނުން ލިބިދެވޭ ރައްކާތެރިކަމާއި އެފަދަ މައްސަލައެއް ރިޕޯޓްކުރުމުން ޢަމަލުކުރަމުންދާ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ސެޝަންގައި ބާރަށުގައި ކުރިއަށް ގެންދާ ވޮލީ ޓްރެއިނިންގ ކޭމްޕުގައި ބައިވެރިވާ 21 ބައިވެރިން ބައިވެރިވެފައިވާއިރު މި ސެޝަންގައި މަޢުލޫމާތު ދީފައިވަނީ ބާރަށު ޕޮލިސް ސްޓޭޝަންގެ އިންޗާޖެވެ.

ބާރަށުގައި ކުރިއަށް ގެންދާ ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމަކީ ފުލުހުންގެ ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓުން ޒުވާނުންނަށް އަމާޒުކޮށްގެން ކުޅިވަރުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން ކުޅިވަރުގެ އަހުލާޤު ދަސްކޮށްދިނުމަށް ހިންގަމުންދާ ސިލްސިލާ ޕްރޮގްރާމެކެވެ.

ަޙަބަރު : ޕޮލިސް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު