އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެންޗެސްޓަރގަ ބޮން ގޮއްވީ ސީރިޔާގަ އެމެރިކާއިން މުސްލިމުން މަރާތީ: ކޮއްކޮ

މެންޗެސްޓަރގަ ބޮން ގޮއްވީ ސީރިޔާގަ އެމެރިކާއިން މުސްލިމުން މަރާތީ: ކޮއްކޮ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު


އިނގިރޭސިވިލާތުގެ މެންޗެސްޓަރގައި ބޮމެއް ގޮއްވައިލީ ސީރިޔާގައި އެމެރިކާ ސިފައިން މުސްލިމުން މަރަމުން ގެންދާތީ އެކަމަށް ބަދަލުހިފުމުގެ ގޮތުން ކަމަށް ޖާނުން ފިދާވެގެން އެ ހަމަލާދިން ސަލްމާން އަބީދީގެ ކޮއްކޮ ޖުމާނާ ބުނެފިއެވެ.

އުމުރުން އެންމެ 18 އަހަރުގެ ޖުމާނާ ބުނީ ބޭބެ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ކުރިން ވިސްނިފައި ނެތްކަމަށާއި ހާދިސާ އާއި ގުޅިގެން "ޝޮކެއް" ލިބުނު ކަމަށެވެ. "ނަމަވެސް އެންމެންވެސް މިއަދު އެބަ ވިސްނަންޖެހޭ. ކޮންމެ ދުވަހަކު ބޮން އަޅައި އެތައް ބައިވަރު މުސްލިމުން މަރަމުން ގެންދާއިރު އެކަންކަމަށް ބަދަލުހިފާނެ ބައަކުވެސް ތިބޭނެކަން. މައްސަލަތައް ހައްލެއް ނުކުރެވޭނެ އެއްބައެއްގެ ބޮލުގަ އެކަނި ހުރިހާ އިލްޒާމްތަކެއް އަޅުވައިގެން.

ކޮންމެ ދުވަހަކު އެހެންދަނީ އެތައް ބައަކު މަރަމުން. ކުޑަކުދިންނާ އަންހެނުންނާ މުސްކުޅިންވެސް މަރަމުން. އެކަމަކު ބުނަނީ ހަމަލާދެނީ ޓެރަރިސްޓުންނަށް ކަމަށް. ނޫނީ ހަނގުރާމަވެރިންނަށް ކަމަށް."

ޖުމާނާ ބުނީ ދުނިޔެއަކީ އަމާންތަނަކަށް ހެދޭނީ މުސްލިމުން މެރުން ހުއްޓާލައިގެން. މިހާރު ބާރު ގަދަ ޤައުމުތަކުން އެކުރާ މަސައްކަތަކީ މުސްލިމުންގެ ނަސްލު ވެސް ނައްތައިލުމުގެ މަސައްކަތް ކަމަށާއި އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

ބޮޑު ޤައުމެއްގައި ނޫނީ ބާރުގަދަ ޤައުމެއްގައި އެންމެ 22 މީހުން މަރުވުމުން އެކަމާއިމެދު ކަންބޮޑުވެގެން ދުނިޔެ އުޅޭއިރު ކޮންމެ ދުވަހަކު އެތައް ބައިވަރު މުސްލިމުން މަރަމުން ގެންދާތީ ކަންބޮޑުވަނީ ކާކުތޯ ވެސް ޖުމައިނާ ވަނީ ސުވާލުކޮށްފައެވެ.

އުމުރުން އެންމެ 18 އަހަރުގެ ކުއްޖަކު މިފަދަ ވާހަކަތަކެއް ދެއްކުމުން މީޑިއާތަކުގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. ބައެއް މީޑިއާތަކުން ބުނެފައިވަނީ ދުނިޔޭގައި ހިނގާ ކަންކަމާއިމެދު ހުރިހާ އުމުރެއްގެ މީހުންވެސް ކަންބޮޑުވާކަން މިކަމުން އެނގިގެން ހިނގައްޖެ ކަމަށެވެ.

މިހަމަލާ އާއި ގުޅިގެން އިނގިރޭސި ފުލުހުން ހައްޔަރުކޮށްފައިވާ އުމުރުން 23 އަހަރުގެ ޒުވާނާއަކީ އަބީދީގެ ދޮށީ ބޭބެއެވެ. ޓެރަރިޒަމާއި ގުޅުވައިގެން ލީބިޔާ ފުލުހުން ވަނީ އަބީދީގެ ބައްޕަ އާއި ހަގު ފިރިހެން ކޮއްކޮ ވެސް ހައްޔަރުކޮށްފައެވެ.

ފުލުހުން މިހާރު ބަލަމުން ގެންދަނީ އައިއެސް އާއި އާއިލާ އާއި ގުޅުންހުރި މިންވަރެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް