އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައި ރަނަރސް އިން ރޯދަ ޗެލެންޖުގެ ނަމުގައި އިވެންޓެއް ބާއްވަނީ...

އައި ރަނަރސް އިން ރޯދަ ޗެލެންޖުގެ ނަމުގައި އިވެންޓެއް ބާއްވަނީ...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

އައި ރަނަރސްގެ ފަރާތުން ރޯދަ ޗެލެންޖުގެ ނަމުގައި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ދުވުމުގެ އިވެންޓެއް ބޭއްވުމަށް ނިންމައިފިއެވެ.

ރާއްޖޭގެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ކޯޗް ސުޖާޢުގެ އިރުޝާދާއެކު ކުރިއަށް ގެންދާ މި ޗެލެންޖުގައި ބައިވެރުވުމުގެ ފުރުޞަތު ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި ޗެލެންޖުގައި ބައިވެރިވުމަށް މާބޮޑުކަމެއް ކުރާކަށް ނުޖެހެއެވެ. އައި ރަނަރސްގެ އެފްބީ ޕޭޖުގައި iRunners ލައިކް ދިނުމަށްފަހު، roadha# ފޮޓޯއަށް ކޮމެންޓެއް ކޮށްލުމުން ރެޖިސްޓްރީ ވެވޭނެއެވެ.

އައި ރަނަރސްގެ ކޯޗު ސުޖާޢު މިއަދުނޫހަށް ވިދާޅުވީ މިއީ ހަމައެކަނި މާލޭގައި ބާއްވާ ޗެލެންޖެއް ނޫން ކަމަށާއި އަތޮޅުތެރޭގައި ހިންގާ އައި ރަނަރސްގެ ގޮފިތަކުންވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި މިއީ ހުރިހާ އެންމެނަށްވެސް ހުޅުވާލާފައިވާ ފުރުޞަތެއް ކަމަށެވެ.

މި ޗެލެންޖަކީ ރޯދައަށް ހުރެގެންވެސް ކުރެވިދާނެ ކަމެއް ކަމަށާއި އެގޮތުން 20 މިނެޓުގެ ދުވުމެއް ކޮންމެ ދުވަހަކުވެސް އޮންނަ އިރު، އޭގެ ތެރޭގައި ހިމެނެނީ 5 މިނެޓް ވާރމްއަޕް، 10 މިނެޓް ސްލޯ ރަން (މަޑުން ދުވުން) އަދި 5 މިނެޓް ވާރމްޑައުން އެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް