އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހާރަށް ކިތަންމެ ލުއި ކެއުމެއް ނަމަވެސް ސުންނަތް ވަގުތު ކެއުމުން ބަރަކާތް މާވަރުގަދަވާނެ: މުފްތީ މެންކް

ހާރަށް ކިތަންމެ ލުއި ކެއުމެއް ނަމަވެސް ސުންނަތް ވަގުތު ކެއުމުން ބަރަކާތް މާވަރުގަދަވާނެ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ހާރު ކެއުމަށްޓަކައި މުހިންމީ ގިނަ ބާވަތްތައް ހިމެނޭ ބޮޑު ކެއުމެއް ކައިގެން އަވަހަށް ނިދުން ނޫން ކަމަށާއި ކިތަންމެ ލުއި ކެއުމެއް ނަމަވެސް ސުންނަތް ވަގުތު (ވީހައި ފަހުން) އެ ކެއުމުގައި މާތްﷲ ލައްވަވާ ބަރަކާތް މާވަރުގަދަވާނެ ކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ މުފްތީ އިސްމާޢީލް މެންކް ވިދާޅުވެއްޖެއެވެ.

"ރަމަޟާން މަހަށް ތައްޔާރުވުން" މިމައުޟޫއަށް މިއަހަރު މުފްތީ މެންކް ދެއްވި ދަރުސްގައި ވިދާޅުވީ އަޅުގަޑުމެން ނުކައި ރޯދައަށް ތިބެނީ ނުވަތަ ރޯދަ ހިފަަނީ މާތްﷲގެ މަތިވެރި ހަޟްރަތުން ސަވާބާއި ދަރުމަ އެދިގެން އެކަމުގެ ބޭނުމުގައި ކަމަށެވެ. އެހެންކަމަށްވާއިރު ތިމާ ކުރާ ކޮންމެ އަމަލެއްވެސް ކުރަންވާނީ ހިތް ނިޔަތް މާތްﷲއަށް ޚާލިޞްކޮށް، މާތްﷲ އެންގެވި ގޮތުގައި ކަމަށެވެ.

"މާތްﷲ އެންގެވި ގޮތްތައް އަޅުގަނޑުމެންނަށް މިފެންނަނީ ކައުއިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތުން. ރަމަޟާން މަހު ކާންވީ ވަގުތުތައްވެސް އެއޮތީ ސުންނަތުން ހާމަާން. މަތިވެރި ޙިކުމަތަކަށްޓަކައި މެނުވީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަމަ އެއްވެސް ކަމެއް ނުކުރައްވަވާނެ. އެހެނީ ކައުއިތރު ރަސޫލާ މުޙައްމަދު (ޞޢވ) ކުރެއްވެވި ކޮންމެ ކަމެއް ކުރައްވަވާފައިވަނީ މާތްﷲގެ އެންގެވުމަށް. ހާރު ކެއުން ވީހައި ފަސްކުރުމަށް ސުންނަތުގައި އެއޮތީ އެކަމަށް މާތްﷲ އެންގެވުމުން. އެހެން ނޫނީ ސުންނަތުގައި އެކަމެއް ނުއޮންނާނެ."

މުފްތީ މެންކް ވިދާޅުވީ ހަށިގަނޑުގައި ވަރުޖެއްސުމުގެ ބޭނުމުގައި ކިތަންމެ މޮޅު ތަކެތި ކިތަންމެ ގިނައިން ކެއި ނަމަވެސް އެކަމުން ހަށިގަޑަށް ފައިދާ ކުރާނެ މިންވަރު ކަނޑައަޅުއްވަވަނީ މާތްﷲ ކަމަށެވެ. އެކަމުން ހަށިގަނޑަށް ފައިދާކުރާނީ މާތްﷲ މިންވަރު ކުރެއްވެވި ވަރަކަށް ކަމަށެވެ.

އެހެންކަމުން ހާރުކެއުމުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ސުންނަތާއި އެއްގޮތަށް އަމަލުކުރުމުން ކަމަށެވެ. އެހެންކަމުން ހާރުކެއުމުގެ ފައިދާ ހަށިގަނޑަށް ކުރާނީ ވީހައި ލަސްކޮށް ހާރުކެއުމުން ކަމަށެވެ.

"ކޮންމެހެން ނުޖެހެ ނިދާފައި ތެދުވެ ގިނަ ސާމާނުތަކެއް ނުކެވިދާނެތީ ކަންބޮޑުވާކަށް. ހަމަ ލުއިލުއި އެއްޗެއް ކައިލުމަށްފަހު ފެން ފޮދެއް ބޯލުމުން ސުންނަތް ހާޞިލުކުރެވުނީ. މުހިންމީ ސުންނަތަށް އަމަލުކުރުން."

ރޯދަ ހިފަނީ މާތްﷲ އަށްޓަކައިކަން ހިތުގައި ބާއްވައިގެން ރޯދަ ހިފާމީހަކަށް އެއީ އެއްވެސް ބުރަކަމެއް ނޫން ކަމަށްވެސް މުފްތީ މެންކް ވިދާޅުވިއެވެ. އަދި ތިމާކުރާ ކޮންމެ އަމަލެއް މާތްﷲ ބައްލަވައިވޮޑިގެންވާކަން ޤަބޫލުކުރާ މީހާ ރޯދައަށް ހުރެ ކުށެއް ނުކުރާނެ ކަމަށްވެސް މުފްތީ ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް