އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަމައެކަނި ނުކައި ހުންނަ މީހާ އެހުންނަނީ ރޯދައަކަށް ނޫން: ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު

ހަމައެކަނި ނުކައި ހުންނަ މީހާ އެހުންނަނީ ރޯދައަކަށް ނޫން: ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ރަމަޟާންމަސް އައުމުން ރޯދައަށް ކަމަށް ބުނެ ހަމައެކަނި ނުކައި ހުންނަ މީހާ އެހުންނަނީ ރޯދައަށް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީގެ ނައިބް އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢުޒަމްގައި ދަރުސް ދެއްވަމުން އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވީ ރޯދަ ރޯދައަކަށް ވަނީ ނުކައި ހުރުމާއިއެކު އަދާކުރަންޖެހޭ ރޫޙާނީ ކަންކަން ކުރުމުން ކަމަށެވެ. ކުރަންޖެހޭ އަޅުކަންތައް ކުރުމާއިއެކު ރޯދަވެރިއެއްގެ ކިބައިގައް ބަހައްޓަންޖެހޭ ރޫހާނީ ސިފަތައްވެސް ފުރިހަމަކޮށްގެން ކަމަށެވެ.

އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވީ ނަމާދު ނުކުރާ މީހާ ރޯދައަށް ކަމަށް ބުނެ ނުކައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. "ޤިޔާމަތް ދުަވަހުން އެންމެ ފުރަތަމަ މާތްﷲ ހިސާބު ބައްލަވަނީ ނަމާދާއިމެދު- ނަމާދު ހިފާފައި ނުވާނަމަ ދެން ކުރި އެއްވެސް އަޅުކަމަކުން ކުރާނެ އެއްވެސް ފައިދާއެް ނެތް- ދެން ކުރި ހުރިހާ ކަމެއް ވާނީ ބާޠިލް، އެއިން ކުރާނެ އެއްވެސް ފައިދާއެއް ނެތް."

އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވީ ފާފަ ފުއްސެވުމަށް އެދޭމީހާ އެންމެ ފުރަތަމަވެސް ސަމާލުކަން ދޭންޖެހޭނީ ފަރުޟު ފަސް ނަމާދު އަދާކުރުމަށް ކަމަށެވެ. ރަމަޟާންމަހަކީ ފާފަ ފުއްސެވުމުގެ މައްސަރު ކަމަށްވުމުން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ ނަމާދުކުރުމަށް ކަމަށް ވެސް އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް