އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރީގެ ނައިބު ރައީސް އަދީބުގެ އަޑުއެހުން ކެންސަލް ކޮށްފި

ކުރީގެ ނައިބު ރައީސް އަދީބުގެ އަޑުއެހުން ކެންސަލް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު


ބ. ހިބަޅިދޫ އިން ހަތިޔާރުތަކެއް ފެނުނު މައްސަލައެއްގައި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމް ގެ ދައުވާގައި މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް އަޑިއެހުން ކެންސަލް ކޮށްފިއެވެ.

އަދީބުގެ އިތުރުންސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ ކާނަލް އަޙުމަދު ފަޔާޒު އާއި އަދި އިތުރު ތިން މީހެއްގެ މައްޗަށް ދައުލަތުން ކުރާ އެދައުވާގެ މިއަދުގެ އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައި އޮތީ މިއަދު މެންދުރު 11:00 ގައެވެ.

ޓެރަރިޒަމް ގެ މިދައުވާގައި އަދީބު އާއި ފަޔާޒުގެ އިތުރުން ދައުލަތުން ދައުވާ އުފުލާފައިވަނީ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ގ. އޮއިވާލި މުޙައްމަދު ޙުސެއިން (އޮއިއްޓޭ) އާއި މ. ލޭންޑް އޮފް ގާޑެން އަޙުމަދު އިޝްފާހު އަލީ އާއި މ. ސެންސާ މުޙައްމަދު އައްލާމް ލަތީފުގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް 22 މީހެއްގެ ނަން ހުށަހަޅާފައިވެއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ