އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

70% މީހުން ރޯދަ ނުހިފަނީ ކޮން ރަށެއްގަތޯ އިސްލާމިކް މިނިސްޓްރީން ބަލަނީ-

70% މީހުން ރޯދަ ނުހިފަނީ ކޮން ރަށެއްގަތޯ އިސްލާމިކް މިނިސްޓްރީން ބަލަނީ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު


މާލެއިން ދެކުނަށް ކުރެއްެވެވި ދަތުރުފުޅެއްގައި އެރަށަކީ 70 އިންސައްތަ މީހުން ރޯދަ ނުހިފާ ރަށެއް ކަމަށް އެރަށުގެ ބައަކު މައުލޫމާތު ދިން ރަށަކަށް ވަޑައިގެންނެވުނު ކަމަށް ޢައްޝައިޚް އަލީ ޒައިދު އިއްޔެ ވިދާޚޅުވުމާއި ގުޅިގެން އެއީ ކޮންރަށެއްކަން ބެލުމުގެ މަސައްކަތްތައް އިސްލާމިކް މިނިސްޓްރީން ކުރަމުން ގެންދާ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

އެފަދަ މައުލޫމާތެއް ޢާންމުވުމުން ގިނަ ބައަކަށްވަނީ ސިހުން ލިބިފައެވެ. އެއީ ރާއްޖޭގައި ތިބި ރޯދަ ނުހިފާ މީހުންގެ އަދަދު ބޮޑު ސިއްރެއްގެ ގޮތުގައި ވާތީއެވެ.

އެންމެންނަށް ވެސް އެނގޭ ކަމަކީ މާލޭގެ ފިހަރަތަކުންވެސް ރޯދަ މަހު މެންދުރުފަހުން، ޚާއްޞަކޮށް 3 ޖަހާލާހާއިރު ރެޑް ބުލް އާއި އެނޫން ވެސް ފިނި ބުއިންތަކާއި ލުއި ކާނާ ގިނަ އަދަދަކަށް ވިކޭކަމެވެ. ރޯދަ ހިފަން ނުޖެހޭ އުމުރުގެ ކުދިންނަށް ބޯންދޭން ރެޑްބުލް ފަދަ އެނަރޖީ ޑްރިންކް ގެންދާނެ ކަަމަށް ޤަބޫލުކުރާކަށް ނުޖެހެއެވެ. އަދި އެވަގުތުގައި ފިނިކުރި ދަޅު ގެންދަނީ ރޯދަވީއްލަން ބަހައްޓަންކަމަށްވެސް ޤަބޫލުކުރާކަށް ނުޖެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް