އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހު ސިއްޙަތު ރަނގަޅަށް ބެހެއްޓިދާނެ ގޮތްތަކެއް

ރަމަޟާން މަހު ސިއްޙަތު ރަނގަޅަށް ބެހެއްޓިދާނެ ގޮތްތަކެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ބަރަކާތްތެރި ރަމަޟާން މަހަކީ، އެމަހެއްގައި ކީރިތި ޤުރްއާން ބާވާލެއްވި މައްސަރެވެ.

ރަމަޟާން މަހަކީ ވީހާވެސް ގިނައިން ހުރިހާ މުސްލިމުންވެސް އަޅުކަން ކުރާ މަހެވެ. އިމްސާކު ގަޑިޖެހުމުގެ ކުރިން ދަންވަރު (ހާރު) ކެއުމަށްފަހު އަނެއްދުވަހު އިރުއޮއްސުމާއި ހަމައަށް އެއްވެސް އެއްޗެއް ނުކައި ނުބޮއެ ރޯދައަށް ހުންނަނީ ރޯދައިގެ ދަރުމައާއި ޘަވާބު ހޯދުމަށްޓަކައެވެ.

މިބަރަކާތްތެރި މައްސަރުގައި ގިނަ މީހުން ނަމާދުކުރުމުގައާއި، ޤުރުޢާން ކިޔެވުމުގައި އަދި އަދި ޒިކުރު ކުރުމުގައި ހޭދަކުރެއެވެ. އެއީ މިބަރަކާތްތެރި މައްސަރުގެ ސަވާބާއި ދަރުމަ އެންމެ ފުރިހަމައަށް ލިބިގަތުމަށެވެ.
ރަމަޟާން މަހަކީ ގިނައިރު ނުކައި ހުންނަ މަހަކަށްވާތީ، ސިއްޙީ ގޮތުން ރަނގަޅަށް ހުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް ވެއެވެ.

- ފައިދާ ހުރި ކާނާ ކެއުން: ރޯދަ ވީއްލުމަށް ފައިދާހުރި ރަނގަޅު ކާނާ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. މުޅި ދުވަހު އެއްކޮށް ނުކައި ހުރެފައި، މާތެޔޮ ގިނަ އެއްޗެހި ނުވަތަ ކޫސަނި ކާއެއްޗެހި (ޖަންކް ފުޑް) ކެއުމަކީ ސިއްޙަތަށް އެއްވެސް ގޮތަކަށް ފައިދާހުރި ކަމެއް ނޫނެވެ. ރޯދަ ވީއްލާއިރު އެންމެ ފުރަތަމަ ކަދުރު ކެއުން އެދެވިގެންވާ ކަމަށް އަންގާފައިވަނީ މިހެންވެއެވެ. ރޯދަވީއްލާއިރު އެންމެ ބޮޑަށް ރަނގަޅުވާނީ ފަލަމަޑީގެ މައުދަންގިނަ ކާއެއްޗެހި ކެއުންކަމަށް ރިސާރޗުތަކުން ވަނީ ހާމަކޮށްފައެވެ.

- ރަނގަޅަށް އަރާމުކުރުން: ރަމަޟާން މަހު ގިނަ މީހުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ހަމަ ނިދި ނުލިބުމެވެ. ހަމަ ނިދި ނުލިބުމަކީ ސިއްޙަތަށް ވެސް ގެއްލުން ހުރި ކަމެކެވެ. ކޮންމެ ރެއަކު 6 ގަޑި އިރު ނުވަތަ 8 ގަޑީރު ނިދާލަން ބުނެފައިވާއިރު، އެކަން ނުވާނެހެން ހީވާނަމަ، ދުވާލުގަޑީގައި ކުޑަކޮށް އަރާމު ކޮށްލުން ރަނގަޅުވާނެއެވެ.

- ހަށިގަނޑުން ފެން މަދުވިޔަ ނުދިނުން: ރޯދައަށް ހުރެ ހަށިގަނޑުން ފެން މަދުވިޔަ ނުދޭނީ ކިހިނެއް ހެއްޔެވެ؟ ރޯދައަށް ހުރެ ފެނެއް ނުބޮވޭނެތާ ދޯއެވެ. ރޯދައަށް ހުންނައިރު ހަށިގަނޑުން ފެން މަދުވިޔަ ނުދޭން ކުރެވިދާނެ އެއްކަމަކީ ހާރުކާ ވަގުތު ދިޔާ އެއްޗެހި ގިނައިން ބުއިމެވެ. އެގަޑީގައި ގާތްގަނޑަކަށް އަށް ތަށި ފެން ބޯށެވެ. ނުވަތަ ޖޫސް ނުވަތަ ބަތްޕެން ފަަދަ އެއްޗެހި ބުއިމުން ވެސް ހަށިގަނޑުގައި ފެން މަދުނުވެ ހިފަހައްޓާދޭނެއެވެ.

- ލުއި ކަސްރަތު ކުރުން: ރޯދަ ހުރުމަކީ ކަސްރަތު ނުކުރެވޭނެ ކަމުގެ ބަހަނާއެއް ނޫނެވެ. ރޯދައަށް ހުރެވެސް ކުރެވިދާނެ ކުދިކުދި ލުއި ކަސްރަތު ހުރެއެވެ. މިސާލަކަށް އިށީންދެގެން އިނދެ ކުރާ ކަސްރަތެވެ. ނަމަވެސް ރޯދައަށް ހުރެ މާބޮޑަށް ކަސްރަތު ކުރުމަކީ ސިއްޙަތަށް ގެއްލުން ވެދާނެ ކަމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ