އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުގެ ދުއާ

އަޅުގެ ދުއާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ވަޔާއެކު އަންނަ ތޫފާނުން ސަލާމަތް އަޅު ކުރައްވާނދޭ
‍‍‍‍‍‍‍‍‍‍..................ހަޔާތުގެ ބައްތި ނިވި ނުދަނީސް އަމާންކަން ދެއްވަވާފާނދޭ,
ފިލާ މިހިތުން ދަރުދު ވޭނާ ތުރާލުން މިންޖު ކޮށްދެއްވައި
‍‍‍‍‍‍‍‍‍‍..................ކިލާ އަދި ކިލަނބުކަން ނަފުސުން އުމުރު ދުވަހަށް ފިލުއްވާނދޭ،
ނަސީބުގެ ތަރި ދަނީ އޮއްސެން ހަޔާތަށް ބޯވިލާ ފުނިޖެހި
‍‍‍‍‍‍‍‍‍‍..................ނަސީބުގެ ތަރި އަލުން ބަބުޅާނެ ގޮތް މިންވަރު ކުރައްވާނދޭ
ދަތުރު މިސްރާބު އޮޅި ޢަރަގުވެ ބެހޭ ނާމާން ކަނޑުގެ ތެރެއިން
‍‍‍‍‍‍‍‍‍‍..................ދަތުރު ނިންމަން އަމާން އައްސޭރިއެއް އަދު ދައްކަވާފާނދޭ،
ފުރާނަ ނަގާ އަތަށް ލައިގެން އުޅޭ ދުކުހާލު ބައްލަވަމުން
‍‍‍‍‍‍‍‍‍‍..................ދުރާގާތުން އަޅަށް ހެޔޮގޮތް އަބަދުވެސް ދެއްވަވާފާނދޭ،
އަޅާ މިނިވަން ކަމެއް ނެތިފައި ހަނާވެވިދާ މި ގައިދުތެރޭން
‍‍‍‍‍‍‍‍‍‍..................އަޅާ މިނިވަން ކުރައްވާ އަލިމަގެއް ހެޔޮ ދައްކަވާފާނދޭ،
ހަލާކުގެ އަނދަވަޅުން ނާމާން ނެރުއްވާ މާތްކަލާކޯ އޭ
‍‍‍‍‍‍‍‍‍‍..................ބަލާ އާފާތްތަކުން މިންޖުވެ އުޅެން މަގު ފަހި ކުރައްވާނދޭ،
އަނދާ ހުޅުރޯވެގެން ޖިސްމާ އުދާހުގެ ގަދަ ގިނީގެ ތެރޭން
‍‍‍‍‍‍‍‍‍‍..................އަނދާ އަޅިޔަށްވެ ނުދަނީސް އަދު ހިމާޔަތް ވެސް ކުރައްވާނދޭ،
ދެވޭ ހަމަލާގެ ތީރުތަކުން ބެދޭ ނޭވާ ހަށީގެތެރޭން
‍‍‍‍‍‍‍‍‍‍..................ލެވޭނޭ ފަހިގޮތެއް ދުނިޔޭން އަޅަށް މިންވަރު ކުރައްވާނދޭ
އެކަނި މައިދާނުގާ ހަމަލާތަކުން ބިރުވެރި މި ލިބެމުންދާ
‍‍‍‍‍‍‍‍‍‍..................އެކަނި މިއަޅާ ރެކޭނޭ ގޮތުގެ ވިސްނުން ދެއްވަވާފާނދޭ،
ހިތުގެ ތެޅުމާއި ވިންދާވެސް ހަމައިން ނެއްޓޭ ލިބޭ ވޭނުން
‍‍‍‍‍‍‍‍‍‍..................އިތުރު ވޭނާ ދަރުދު ނުލިބޭނެ ގޮތް މިންވަރު ކުރައްވާނދޭ
ދެދުނިޔޭން އެދި ހެވާ ރަހުމަތް ދުޢާ ކުރަމޭ ތަވައްޖުހުގައި
‍‍‍‍‍‍‍‍‍‍..................ދެދުނިޔޭން ނިޢުމަތާއި ސަޢާދަތާ މިންވަރު ކުރައްވާނދޭ،

Advertisement

ކޮމެންޓް ކުރެއްވުމަށް








ފާތިމަތު ސަޢީދު، ޗަމްޕާޕޫލުމާގެ، ސ. ހިތަދޫ