އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޞިއްޙީ ޚިދުމަތުގެ ކޮންމެ ދާއިރާއަކުންވެސް 100% އަށްވުރެ މަތީ ކުރިއެރުމެއް ހޯދިއްޖެ: ހެލްތް މިނިސްޓަރ

ޞިއްޙީ ޚިދުމަތުގެ ކޮންމެ ދާއިރާއަކުންވެސް 100% އަށްވުރެ މަތީ ކުރިއެރުމެއް ހޯދިއްޖެ: ހެލްތް މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ޞިއްޙީ ޚިދުމަތުގެ ކޮންމެ ދާއިރާއަކަށް ބެލި ނަމަވެސް މިސަރުކާރުގެ 3 އަހަރު ތެރޭގައި 100 އިންސައްތަ އަށްވުރެ މަތީ ކުރިއެރުމެއް ހޯދިފައިވާ ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވިލިމާލޭ ހޮސްޕިޓަލުގައި ޤާއިމްކުރި ޑައިލިސިސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ނާޒިމް ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައިއިރު ޑައިލިސް ހަދައިދެވޭ ހުރީ 18 އެނދު ކަމަށާއި އެ އަދަދު މިހާރު 45 އަށް އިތުރުކުރެވިފައިވާ ކަމަށާއި އެއީ 150 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.

ނާޒިމް ވިދާޅުވީ ފޯރުކޮށްދެވޭ ޞިއްޙީ ޚިދުމަތްތަކަށް ބެލި ނަމަވެސް އަދި ޞިއްޙީ ދާއިރާއަށް ކުރެވޭ ޚަރަދުތަކަށް ބެލި ނަމަވެސް ކޮންމެ ދާއިރާއަކުން ވެސް ވަނީ 100 އިންސައްތައަށްވުރެ މަތީ ކުރިއެރުމެއް ހޯދިފައި ކަމަށެވެ.

"މިއަދު މި އިތުރުކުރެވެނީ 2 އެނދު. އެހެންވީމާ އެއީ ވަރަށް މަދު އަދަދެއް ކަމަށް ހީވެދާނެ. ނަމަވެސް މި 3 އަހަރާއިބައިގެ ކުރު މުއްދަތުގާ މިވަނީ ކުރިން ހުރި 18 އެނދަށް 27 އެނދު އިތުރުކުރެވިފަ. އެއީ 150 އިންސައްތައިގެ ބޮޑު ކުރިއެރުމެއް."

ނާޒިމް ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ކުރިއެރުމަށާއި ޞިއްޙީ ޚިދުމަތް ވީހައި ގާތުން ފޯރުކޮށްދެއްވަން ރައީސް ޢަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް އަންނަނީ ކާމިޔާބުވަމުން ކަމަށާއި މިއަދު ފެނިގެން މިދަނީ ވެސް ޚިދުމަތްތަކަށް އިތުރުވި ބޮޅެއް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް