އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިނގިރޭސި ޕްރިމިއަރ ލީގުގެ އަހަރުގެ މޮޅު ކުޅުންތެރިއަކަށް އެންގޯލޯ ކާންޓޭ ހޮވިއްޖެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ އަހަރުގެ މޮޅު ކުޅުންތެރިއަކަށް އެންގޯލޯ ކާންޓޭ ހޮވިއްޖެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

އިނގިރޭސި ޕްރިމިއަރ ލީގުގެ ޕްރޮފެޝަނަލް ފުޓްބޯލަރސް އެސޯސިއޭޝަން (ޕީއެފްއޭ) ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭއަށް ލިބިއްޖެއެވެ.

ކުޅުންތެރިންގެ އެންމެ ގިނަ ވޯޓު ލިބިގެން ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑް ކާންޓޭއަށް ލިބުމުން އޭނާ ބުނީ މޮޅު ކުޅުންތެރިއާގެ އެވޯޑަކީ އޭނާއަށް ލިބުނު ހިތްވަރެއް ކަމަށާއި އަދި ފުޓްބޯޅައިގާ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ކާންޓޭ ބުނީ ލީގުގައި ކުޅޭ އެހެން ކުޅުންތެރިން އޭނާއަށް އެ މަޤާމްދޭން ނިންމުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

މިދިޔަ ސީޒަނުގައި ލެސްޓަރ ސިޓީން ޕްރިމިއަރ ލީގު ހޯދުމުގައި އިސްދައުރެއް އަދާކުރި ކާންޓޭ މި ސީޒަންގައި 32 މިލިއަން ޕައުންޑަށް ޗެލްސީއަށް ބަދަލުވުމަށްފަހު އެކުލަބުގައިވެސް އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ފްރާންސްގެ ޤައުމީ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ކާންޓޭ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްހޯދީ މެންޗެސްޓަރ ޔުނައިޓެޑްގެ ޒަލަޓަން އިބްރަހިމޮވިޗް އާ ޗެލްސީގެ އެޑެން ހަޒާޑާއި ޓޮޓެންހަމްގެ ހެރީ ކޭން، އެވަޓަންގެ ރޮމެލޫ ލުކާކޫގެ އިތުރުން އާސެނަލްގެ އަލެކްސިސް ސަންޗޭޒްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ޕީއެފްއޭއިން ހޮވި އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދީ، ޓޮޓެންހަމްގެ ޑެލެ އަލީއެވެ.

ޑެލެ އަލީ މި މަގާމު ހޯދީ ކޭން، ލުކާކޫ، ބާންލީގެ މައިކަލް ކީން، ސަންޑަލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް އަދި މެންޗެސްޓަރ ސިޓީގެ ލިރޯއީ ސާނޭއާ ވާދަކޮށެވެ.

ޑެލެ އަލީ އަކީ ނިމިގެންދިޔަ އަހަރުވެސް މި މަގާމު ހޯދި ކުޅުންތެރިއާއެވެ. މީ އޭނާ ޖެހިޖެހިގެން މި މަގާމު ހޯދި ދެވަނަ އަހަރެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މިފަހަރު ލިބުނީ މެންޗެސްޓަރ ސިޓީގެ އަންހެން ޓީމުގެ ލޫސީ ބްރޯންޒްއަށެވެ.

"ޕީއެފްއޭ މެރިޓް އެވޯޑް" މިފަހަރު ލިބުނީ މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ތަރި ޑޭވިޑް ބެކަމްއަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން