އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޮރާޓާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް އޭސީ މިލާނުން ބުނެފި

މޮރާޓާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް އޭސީ މިލާނުން ބުނެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ރެއާލް މެޑްރިޑުގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ހޯދުމުގެ މަސައްކަތް ކުރިޔައްދާ ކަމަށާއި އަދި އެ މަސައްކަތް ހުއްޓާ ނުލާނެކަމަށް އިޓަލީގެ ކުލަބު އޭސީ މިލާނުން ބުނެފިއެވެ.

އެ ކުލަބުން ނެރުނު ބަޔާނަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތަށް ބުނާގޮތުން މިލާނުން މޮރާޓާ ހޯދަނީ ކާލޯސް ބަކާ ދޫކޮށްލުމަށް ފަހު އާ ފޯވާޑެއް ގެންނަން މިލާން ކުރާ މަސައްކަތުގެ ތެރެއިންނެވެ.

އެ ކްލަބުގެ އާ މެނޭޖްމަންޓުން ވަނީ ޓްރާންސްފަރގައި ބޮޑު ހޭދައެއްކުރަން ނިންމައިފައެވެ.

މިލާނުގެ އިތުރުން ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑުންވެސް ދަނީ މޮރާޓާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން މެންޗެސްޓަރ އިން މަސައްކަތް ކުރަމުންދަނީ ޒަލަޓާން އިބްރަހިމޮވިޗުގެ ބަދަލަށް މޮރާޓާ ގެނައުމަށެވެ. ޗެލްސީން މޮރާޓާ ހޯދަނީ ޑިއޭގޯ ކޯސްޓާގެ މަގާމަށް ކުޅުވަންކަމަށް ސްޕެއިންގެ މީޑިއާއިން ބުނެއެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ޔުވެންޓަރސް އަށް ކުޅުމަށް ފަހު މެޑްރިޑާ އަލުން ގުޅުނު މޮރާޓާ ވަނީ މި ސީޒަނުގައި 26 މެޗުން 15 ގޯލް ޖަހައިފައެވެ. އެކަމަކު ކުޅުމުގެ ފުރުޞަތު އެކަށީގެންވާ ވަރަށް ނުލިބޭތީ އޭނާ ހުރީ ކްލަބް ދޫކޮށްލަން ތައްޔާރަށެވެ. ރެއާލް މެޑްރިޑްވެސް އޮތީ 60 މިލިއަން ޔޫރޯ އަށް އޭނާ ވިއްކާލަން ތައްޔާރާށެވެ.

ސްޕެއިނުގެ މީޑިއާތަކުން ބުނާ ގޮތުގައި އިޓާލިއަން ލީގުގައި ކުޅެފައިވާތީ މޮރާޓާ ބޮޑަށް ބޭނުންވަނީ އެ ލީގަށް އަލުން ބަދަލުވާށެވެ.

އެހެންވެ މި ވަގުތަށް އޭނާ ގެންދިއުމުގެ ފުރުސަތު ބޮޑީވެސް މިލާނަށެވެ. މީގެ އިތުރުން އޭނާ މިލާނަށް އާނ ބަސް ބުނެފައިވާ ކަމަށާއި އެ ކްލަބުން މިހާރު ތައްޔާރުވަމުން އަންނަނީ ރެއާލް މެޑްރިޑާ އެކު އެއްބަސްވުމަކަށް އައުމަށް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ރެއާލް މެޑްރިޑުގެ ޔޫތު ޓީމުން ތަމްރީންވެ އެ ކްލަބުގެ ސީނިއާ ޓީމަށް 2010 އިން 2014 އަށް ކުޅުނު މޮރާޓާ ޔުވެންޓަސް އަށް ގެންދިޔައީ ޗެލްސީގެ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެވެ. ޔުވެންޓަސްގައި އޭނާ ހޭދަކުރި ދެ ސީޒަނުގައި މޮޅު ކުޅުމެއް ވަނީ ދައްކާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން