އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެން އެމީހުނާއެކު އަަބަދު ކީރިތި ޤްރްއާންް އުފުލާއިރު އެއިން އަކުރެއް ކިޔަނީ ކިތައް މީހުންތަ؟ މުފްތީ މެންކް

އެންމެން އެމީހުނާއެކު އަަބަދު ކީރިތި ޤްރްއާންް އުފުލާއިރު އެއިން އަކުރެއް ކިޔަނީ ކިތައް މީހުންތަ؟ މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

މުސްލިމުންގެ ތެރެއިން ސްމާޓް ފޯން ގެންގުޅޭ ގިނަ އަދަދެއްގެ މީހުން އެމީހުންގެ ފޯނުގައި ޤްރްއާން ގެންގުޅެ، އެމީހުން ދާހައި ތަނަކަށް ޤްރްއާން ގެންދާ ކަމަށާއި ނަމަވެސް ފޯނުގައިވާ ކީރިތި ޤްރްއާނުން އަކުރެއް ކިޔަވަނީ ކިތައް މީހުންތޯ މަޝްހޫރު ދީނީ އިލްމުވެރިޔާ މުސްފްތީ އިސްމާޢީލް މެންކް ސުވާލު އުފައްދަވައިފިއެވެ.

މިމޭރުމުން ސުވާލު އުފައްދަވައި މުފްތީ މެންކް ތަޤްރީރް ކުރެއްވެވީ ރަމަޟާން މަހުގެ މާތްކަމާއި ގުޅޭގޮތުން ސިންގަޕޫރުގައި ދެއްވި ދަރުސެއްގައެވެ.

"ފީޏަށް ޤްރްއާން އެޕްލިކޭޝަން އެޅުމަކީވެސ ހެޔޮ އަމަލެއް. ނަމަވެސް އެ އަމަލު ހެޔޮ އަމަލަކަށްވާނީ އެއިގެ ބޭނުން ހިފީމަ. ފޯނުން ކީރިތި ޤްރްއާން ނުކިޔަވާނަމަ އެޕްލިކޭޝަނެއް ބެއިންދުމުގެ ބޭނުމަކީ ކޮބާ؟"

މުފްތީ މެންކް ވިދާޅުވީ ރަމަޟާން މަސް އައުމުންވެސް ބައެއް މީހުން ކީރިތި ޤްރްއާން ކިޔަވަން ބޭނުންވަނީ ކޮންމެވެސް ޗުއްޓީ ދުވަހެއްގައި ކަމަށާއި ނަމަވެސް އެއީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ. "މިސާލަކށް އަންނަ ހޯމަ ދުވަހަކީ ބަންދު ދުވަހެއް. ކާކަށް އެނގެނީ އެދުވަހު ކުރިމަތިވާނެ ކަންތައްތައް؟ އެދުވަހަކީ ތިމާއަށް ޗުއްޓީ ދުވަހަކަށް ވާނެކަން؟ އެދުވަހު ބޮޑު ކަމެއް ޖެހިގެން ވަގުތުތައް ހޭދަކުރަންޖެހޭނީ ކޮންކަމަކަށްކަން އެނގެނީ ކާކަށްތަ؟"

މުފްތީ ވަނީ ކީރިތި ޤްރްއާް ކިޔެވުންފަދަ ކަންކަން މާދަމައަށް ނުބާއްވައި ކޮންމެ ދުވަހަކުވެސް ވީހައި ގިނައިން ކިޔެވުމަށް، ޚާއްޞަކޮށް ރަމަޟާންމަހު ކީރިތި ޤްރްއާން ވީހައި ގިނައިން ކިޔެވުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރައްވައިފައެވެ.

"މަސްޖިދުއްރަމަޟާން" ކިޔާ އެއްވެސް މިސްކިތެއް ނުހުރެއެވެ، އެކަމަކު ރަމަޟާން މަސް އައުމުން މިސްކިތްތައް ފުރާލަމުއެވެ. ރަމަޟާން މަސް ދިއުމުން މިސްކިތްތައް ފަޅުކުރަމުއެވެ. ރަމަޟާން މަސް އައުމުން ޙިޖާބަ އަޅަމުއެވެ. ރަމަޟާން މަސް ދިއުމުން ޙިޖާބަ ނަގަމުއެވެ.

ރަމަޟާން މަހު ކީރިތި ޤްރްއާން ކިޔެވުން އިތުރުކުރަމުއެވެ. ރަމަޟާން މަސް ނިމުމުން އެކަން ނިންމައި ޗެޕްޓަރު ބަންދުކުރަނީއެވެ. މިއީ މުސްލިމުންގެ އަމަލުތައް ހުރެގެންވާނެ ގޮތެއް ނޫނެވެ. މުސްލިމުން ވާންޖެހޭނީ އަަބަދުވެސް ނަމާދުކުރާ ތަޤްވާވެރި ބައަކަށެވެ. މާތްﷲ އެންގެވި ގޮތުގައި އަބަދުވެސް އުޅޭ ބައަކަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް