އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަ ނުހިފާ ގިނަ ބައަކު އުޅޭ ރަށުގެ މައުލުމާތު ޝައިޚް އަލީ ޒައިދު އިސްލާމިކް މިނިސްޓްރީއަށް ދެއްވައިފި

ރޯދަ ނުހިފާ ގިނަ ބައަކު އުޅޭ ރަށުގެ މައުލުމާތު ޝައިޚް އަލީ ޒައިދު އިސްލާމިކް މިނިސްޓްރީއަށް ދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ރަށުގެ ރައްޔިތުން 70 އިންސައްތަ މީހުން ރަމަޟާންމަހު ރޯދަ ނުހިފައި އުޅޭކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވި ރަށުގެ މައުލޫމާތު ޝައިޚް އަލީ ޒައިދު އިސްލާމިކް މިނިސްޓްރީއަށް ދެއްވައިފިކަމަށް މިއަދުނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

އިތުބާރުހުރި ގޮތެއްއި މިއަދުނޫހަށް އެނގުނު ގޮތުގައި ޝައިޚް އަލީ ޒައިދު ދެއްވީ ވަރަށް ޞައްޙަ މައުލޫމާތެވެ. ލިބޭ މައުލޫމާތެއް 100 އިންސައްތަ ދިމާނުވުމަކީ އަދި އެކަން ނުހިނގުމެއް ނޫނެވެ. ރަށުގެ ގިނަ ބައަކު ރޯދަ ނުހިފާނަމަ، އަމުދުން ތިންބައިކުޅަ ދެބައިހައި މީހުން ރޯދަ ނުހިފާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެންމެ މީހަކު ރޯދަ ނުހިފުމަކީވެސް މައްސަލައަކަށް ވާ ފަދައިންނެވެ.

ޝައިޚް އަލީ ޒައިދު ދެއްވި މައުލޫމާތުގެ އަލީގައި އެރަށުގެ ހާލަތު ރަނގަޅުކުރަން ކުރަންޖެހޭ މަސައްކަތްތައް އިސްލާމިކް މިނިސްޓްރީން ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ބެލެވެއެވެ.

އިސްލާމް ދީނުގެ ކަންކަމުގައި މުޅި ރާއްޖޭގެ ހާލަތު އޮތީ ދިރާސާކުރަންޖެހޭފަދަ ގޮތެއްގައެވެ.

1200 މީހުން ދިރިއުޅޭ ރަށަކަށް މިއަދުނޫހުން ވަނީ 2013 ވަނަ އަހަރު އާއި 2016 ވަނަ އަހަރު ދަތުރެއްކޮށްފައެވެ. އެރަށަކީ ރައްޔިތުން ކަނޑުމަތީގައި ތިބެން މަސްވެރި ރަށެއްވެސް ނޫނެވެ. ދެ ދަތުރުގައި 4 ދުވަސް ހޭދަވެފައިވާއިރު ޖަމާއަތަށް އެއްފަހަރާ އެންމެ ގިނައިން އެރީ ޖުމުލަ 8 މީހުންނެވެ. އެއީ އިމާމާއިވެސް އެކުގައެވެ. އެހެންވީމާ ރަށުގެ ރައްޔިތުންގެ ތެރެއިން އެންމެ ގިނައިން ޖަމާއަތަށް އެ އަރަނީ 7 މީހުންނެވެ. ޖަމާއަތް ނިމުމުން ފަހުން މީހުން މިސްކިތަށް އަރާތަނެއް ވެސް ނުފެނެއެވެ.

އެރަށުގައި އަލަތުކައިވެނިމަތީގައި ތިބި ބައެއް ޒުވާނުންނާއި ހިނައި ޠާހިރުވުމުގެ ވާހަކަ ދެއްކީމާ ބުނަނީ އިސްލާމް ސޯ އެފަދަ ވާހަކައެއް ދެއްކި ހަނދާންވާ ކަމަށާއި އިސްލާމް ކިޔަވާ ހިތް ނުވާތީ އެކަމަށް ސަމާލުކަން ނުދޭކަމަށެވެ.

މިހާލަތުގައި ހުރި ކިތަންމެ ރަށްތަކެއް އެބަހުއްޓެވެ. މިކަންކަމުގެ ފުރިހަމަ ދިރާސާއެއް ނުކޮށް މިއަދު ފަރުޖައްސައިލެވޭކަށް ނެތެވެ. 1200 އާބާދީއަކުން 7 މީހުން ނަމާދުކުރާ ރަށްރަށުގައި ރޯދަ ހިފުމާއި އެހެންކަންކަން ހުންނާނެ ގޮތާއިމެދު ވިސްނައިލުން ރަނގަޅުވާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް