އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޫސުން ރަނގަޅުވީމާ ގިނަތަކެތީގެ އަގު ހެޔޮވާނެ!

މޫސުން ރަނގަޅުވީމާ ގިނަތަކެތީގެ އަގު ހެޔޮވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

މޫސުން ރަނގަޅުވެ ފަސޭހަކަމާއިއެކު ދަތުރުފަތުރު ކުރެވޭބެ ގޮތް ވުމުން ބާޒާރުގައި މިހާރު ހުރި އަގުތައް ވަރަށް ބޮޑުތަން ތިރިވެ އަގުހެޔޮވާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ރޯދަ މަސް ފެށެން ދާދިކަރިވެފައިވަނިކޮށް ކުރިމަތިވި ވިއްސާރަ އަދި ވެސް މިދަނީ ކުރިއަށެވެ. ކޮންމެ ދުވަހަކު ބޯކޮށް ވާރޭ ނުވެހުނު ނަމަވެސް ކަނޑުގަދައެވެ. ދަތުރުފަތުރުކުރުމަށް ހުރަސްތައް އެބަހުއްޓެވެ.

ހަމައެއާއިއެކު ރުއްގަހަށް އަރައި ތަކެތި ޙޯދުމުގައިވެސް ދަތިތައް އެބަހުއްޓެވެ. މުދާ ހިފައިގެން އާންމުކޮށް މާލެ އަންނަ އެތައް އޮޑިފަހަރަށް އަދިވެސް ދަތުރުފަތުރުކުރެވޭނެ ގޮތެއް ނުވެއެވެ.

މޫސުން މިގޮތަށް ކުރިއަށް ދާނަމަ އެކަމުގެ ގެއްލުން ލިބޭނީ ހަމައެކަނި ތަކެތި ގަންނަ ފަރާތްތަކަކަށްވެސް ނޫނެވެ. ރޯދައަށް ގިނަ އަދަދެއްގެ ކާބޯތަކެތި އުފައްދައިގެން ތިބި ދަނޑުވެރިންނަށްވެސް އެކަމުގެ ގެއްލުންތައް ކުރިމަތިވާނެއެވެ.

ބޮޑު ޚަރަދުކޮށްގެން ރޯދަައަށް ޚާއްޞަކޮށްގެން އުފައްދާ ބައެއް ބާވަތްތަކަކީ ރޯދަ މަސް ދިއުމުން އެހައި ރަނގަޅު އަގުތަކުގައި ވިއްކޭނެ ބާވަތްތަކެއް ވެސް ނޫނެވެ.

ރާއްޖެތެރެއިން ގެންނަ ތަކެތި ފަސޭހަކަމާއިއެކު މާލެގެނެވެން ފެށެންދެން ތަކެތީގެ އަގުތައް ހެޔޮވުމަކީ ނުވެދާނެ ކަމެކެވެ.

ފިޝަރީޒް މިނިސްޓްރީން މިހާރު އެވަނީ އެމިނިސްޓްރީގެ ބެލުމުގެދަށުގައި ފަޅުރަށްތައް ޢާންމުކޮށް ހުޅުވާލައިފައެވެ. އެހެން ނަމަވެސް އެއިން ރަށަކުން އެއްޗެއް ގެނެވޭނީ ވެސް މޫސުމަށް ބަދަލުތަކެއް އައިސްގެންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު