އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާފަ ގައިގަ އެޅުވި ކުނިރަޖާ، ދަރިފުޅު ފޮރުވީ ބައްޕަ މުސްކުޅިވީމާ އަޅުވަން!

ކާފަ ގައިގަ އެޅުވި ކުނިރަޖާ، ދަރިފުޅު ފޮރުވީ ބައްޕަ މުސްކުޅިވީމާ އަޅުވަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ބައްޕަ މުސްކުޅިވުމުން ގޯތީގައި ވަކިން ކޮޓަރިއެއް ހަދައި ބައްޕަ ބޭއްވީ އެކޮޓަރީގައެވެ. ދުވާލަކު އެއްފަހަރު ކުޑަ ދަރިފުޅު ގޮވައިގެން ގޮސް ބައްޕަގެ ހާލު ބަލައިލައެވެ.

ބައްޕައަކީ ހިނގައި އުޅެވޭމީހަކަށް ނުވާތީ ކޮޓަރިން ނުކުމެލުމުގެ ފުރުޞަތެއް ނުލިބެއެވެ. އެކަން ކޮށްދޭނެ މީހަކު ނުވާތީއެވެ.

ދުވަސްކޮޅެއް ވީތަނާ ބައްޕަ މަރުވެއްޖެއެވެ. ޖަނާޒާގެ ކަންކަން ނިންމާފައި އެނބުރި ގެއަށް އައިސް ބައްޕަ އޮތް ކޮޓަރިއަށް ވަނީ އެތަނުން ކުނިވަސް ދުވާތީ އުނދަގޫވެގެންނެވެ. ކޮޓަރިއަށް ވަނުމުން ކޮންމެ ދުވަހަކު ކާފަ ކައިރިއަށް ގެންދިއަ ކުޑަ ދަރިފުޅު ފަހަތުން އައިސް ކޮޓަރިއަށް ވަނެވެ.

އެކުއްޖާ ފުރަތަމަ ވެސް ކުރަންފެށިކަމަކީ ކާފަގެ ގައިމަތީގައި އަޅާފައި އޮތްރަޖާ ފަތް ޖަހަން ފެށުމެވެ. އެވަގުތު ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ. ތިއަ ރަޖާގައި އަތް ނުލާށެވެ. ދުވާ ކުނިވަސް ނިކަން ބަލައިބަލާށެވެ. ނުވެސް ދޮންނަތާ އެތައް މަހެއް ވެދާނެއެވެ."

ދަރިފުޅު ކިތަންމެ ހަގު ނަމަވެސް ދަރިފުޅުގެ ޖަވާބު ވަރަށް ސާފެވެ. "ނޫނެކެވެ. ބައްޕާއެވެ. ބައްޕަ މުސްކުޅިވާ ދުވަހަށް ރަޖާ ރައްކާކުރަންވާނެ ނޫންހެއްޔެވެ؟"

މިވާހަކައަކީ ވިޔަފާރިވެރިންގެ މިސްކިތުގައި މިއަދުގެ ޢަޞްރުނަމާދަށްފަހު މައިންބަފައިންނަށް އޯގާތެރިވުމުގެ މުހިންމުކަމުގެ މައްޗަށާއި ދަރިން ވެސް އެކަމަށް ހޭނުވުމުގެ މުހިންމުކަމުގެ މައްޗަށް ދަރުސް ދެއްވަމުން އައްޝައިޚް ނިމާލް މޫހައްމަދު ބިން ރަޝީދު ވިދާޅުވެދެއްވި ވާހަކައެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް