އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެެކްސް ފުޓްސަލް މުބާރާތުގައި މިއަހަރު 11 ޓީމަކުން ބައިވެރިވެއްޖެ

އެެކްސް ފުޓްސަލް މުބާރާތުގައި މިއަހަރު 11 ޓީމަކުން ބައިވެރިވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ޅ. ހިންނަވަރު އެމްޕަވަރިންގ ކައިނެޓިކް ސޮސައިޓީ (އެކްސް ބޯއީސް) އިން އިންތިޒާމުކޮށްގެން ބާއްވާ "އެކްސް ފުޓްސަލް ޗެލެންޖު 2017" ގައި މިއަހަރު 11 ޓީމަކުން ބައިވެރިވެއްޖެއެވެ.

އެކްސް ބޯއީސް އިން ބުނީ ޖޫންމަހުގެ 1 ވަނަ ދުވަހުގެ ރޭ 23:00 އާއިހަމައަށް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވެފައިވާ އިރު، 11 ޓީމަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މުބާރާތް ކުރިއަށް ގެމްދިއުމަށް ރާވާފައިވަނީ މި 11 ޓީމު 3 ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ.

މުބާރާތުގެ ސެމީފައިނަލަށް ދާނީ މި 3 ގްރޫޕުން އެންމެ ގިނަ ޕޮއިންޓު ހޯދާ 3 ޓީމަށް ސީދާ ސެމީފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ސެމީގެ 4 ވަނަ ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުންވެސް ދެވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދި 3ޓީމުގެ މެދުގައި ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށެވެ.

ސެމީފައިނަލުގައި ޓީމުތައް ބައްދަލުކުރާނެގޮތް ގުރުއަތުލައިގެން ކަނޑައެޅުމަށް ނިންމާފައިވާ އިރު، މި މުބާރާތުގައި ޖުމްލަ 21 މެޗު ކުޅުމަށް ވަނީ ނިންމާފައެވެ. އަދި ފައިނަލު މެޗު އޮންނާނީ ޖޫން 24 ވާ ހޮނިހިރު ދުވަހުގެ ރޭ 22:00 ގައެވެ.

މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތު އޮންނާނީ ޖޫން 5 ވާ ހޯމަ ދުވަހުގެ ރޭ 22:00 ގައި އެކްސް ބޯއީސް އޮފީސް ކުރީގެ ރެންޑަރ ގައެވެ.

ފައިބެއަހަރުގެ މުބާރާތުގައި 15 ޓީމު ބައިވެރިވެފައިވީ ނަމަވެސް މިއަހަރުގެ މުބާރާތުގައި 11 ޓީމު ބައިވެރިވީ މި މުބާރާތުގައި ރަށުންބޭރު ކުޅުންތެރިންނަށް ނުކުޅެވޭ ގޮތަށް މުބާރާތުގެ ޤަވާޢިދަށް ބަދަލު ގެނެސްފައިވުމެވެ. މިގޮތަށް ބަދަލުގެނައީ ރަށުގެ ކުޅުންތެރިންނަށް ވީހާވެސް ބޮޑަކަށް ކުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި އެކުޅުންތެރިންގެ ހުނަރު މިހާރަށްވުރެ އިތުރުކޮށް ރަށާއި އަތޮޅު ފެންވަރުގައި ފާހަގަކުރެވޭފަދަ ކުޅުންތެރިންނަށް ހެދުމުގެ މަޤުޞަދުގައެވެ.

މި މުބާރާތް ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަސް ކަމަށްވިޔަސް މޫސުމަށް އަންނަ ބަދަލަކާއި ގުޅިގެން މުބާރާތުގެ ބައެއް މެޗުތައް ކުޅޭ ތާޜީޚަށް ބަދަލު ގެންނަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރއަކީ މިއަދުނޫހެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް