އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަމުގެ ކުލަ ކަޅުވުމަކީ ހުތުރުކަމެއް ނޫން. މިއަންހެން ކުއްޖާއަކީ އެކަމުގެ މިސާލެއް..

ހަމުގެ ކުލަ ކަޅުވުމަކީ ހުތުރުކަމެއް ނޫން. މިއަންހެން ކުއްޖާއަކީ އެކަމުގެ މިސާލެއް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ދުނިޔޭގައި ތަފާތު އެކި ޚިޔާލުގެ މީހުން އުޅޭ އިރު، އެކަކު އަނެކަކާއި ތަފާތު އެކިއެކި މައްސަލަތައްވެސް ޖެހެއެެވެ. އޭގެ ތެރެއިން ޖެހޭ އެއް މައްސަލައަކީ ކަޅު މީހުންނާއި ދޮން މީހުން ތަފާތު ކުރުމެވެ. ހަމުގެ ކުލަ ކަޅު މީހުންނަކީ ހުތުރު ބައެއް ގޮތުގައި ދެކޭ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް ޔާކިމް ގަޓްވެޗް އަށް ބަލާލާފައި، ކަޅު މީހުންނަކީ ހުތުރު ބައެކޭ އެއްވެސް މީހަކު ބުނާނެހެން ހިއެއް ނުވެއެވެ.

ގިނަ އަންހެން ކުދިން ހަންގަނޑު ދޮން ކުރަން ބްލީޗްކޮށް އެކި ކަހަލަ ވައިޓްނިންގް ކްރީމްތައް ބޭނުން ކުރާއިރު، ސޫދާން އަށް އުފަން އުމުރުން 24 އަހަރުގެ ޔާކިމް އެފަދަ އެއްޗެހި ބޭނުމެއް ނުކުރެއެވެ. ކާމިޔާބު މޮޑެލްއެއް ކަމުގައި ވިޔަސް، ޔާކިމް ބުނަނީ އޭނާގެ ހަމުގެ ކުލައާއި މެދު ފަޚުރުވެރިވާ ކަމަށެވެ.

އޫބާގެ ޓެކްސީ ޑްރައިވަރަކުވަނީ، 10 މިލިއަން ޑޮލަރު ދީފިނަމަ ހަމުގެ ކުލަ ބަދަލު ކުރާނަންތޯ ޔާކިމްގާތު އަހާފައެވެ. ޖަވާބެއްގެ ގޮތުން ޔާކިމް ހިނިގަނޑެއް ޖަހާފައި ބުނީ އޭނާ ދުވަހަކު ހަންގަނޑު ދޮން ކުރަން މަސައްކަތް ނުކުރާނެ ކަމަށެވެ.

އާދަޔާ ޚިލާފު ރީތި ކަޅުކަމެއް ލިބިފައިވާ ޔާކިމްގެ ހަންގަނޑު އޮމާންކަމުން އޭނާއަށް ދީފައިވާ ލަގަބަކީ "ކުއީން އޮފް ޑާކް" (އަނދިރީގެ ރާނީ") އެވެ.

މިހާރު މައިނީޕޮލިސް ގައި ދިރިއުޅޭ ޔާމިކް ވަނީ، ހަށިގަނޑުގެ ކުލައާއި މެދު ރަނގަޅު ވިސްނުން ބަހައްޓަން ވެސް އެކިފަރާތްތަކަށް ނަސޭޙަތް ދީފައެވެ. މިހާރުވެސް އިންސްޓަގްރާމްގައި 89،000 އެއްހާ މީހުންނާއި އެކު އޭނާގެ ފޮޓޯ ހިއްސާ ކުރާއިރު އެފޮޓޯ ތަކުގައި އަބަދުވެސް މީހުންނަށް ހިތްވަރު ލިބޭ ފަދަ ރީތި ކެޕްޝަންތައް ހިމަނައެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ