އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކްސް ފުޓްސަލް މުބާރާތުގައި މިއަހަރު ބައިވެރިވެފައިވާ ޓީމުތައް ޢާންމުކޮށްފި

އެކްސް ފުޓްސަލް މުބާރާތުގައި މިއަހަރު ބައިވެރިވެފައިވާ ޓީމުތައް ޢާންމުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ޅ. ހިންނަވަރު އެމްޕަވަރިންގ ކައިނެޓިކް ސޮސައިޓީ (އެކްސް ބޯއީސް) އިންއިންތިޒާމުކޮށްގެން ބާއްވާ "އެކްސް ފުޓްސަލް ޗެލެންޖު 2017" ގައި މިއަހަރުބައިވެރިވެފައިވާ ޓީމުތައް ޢާންމުކޮށްފިއެވެ.
މި އަހަރުގެ މުބާރާތުގައި 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

އެގޮތުން މިއަހަރު ބައިވެރިވެފައިވަނީ އެފްސީ ފްރެންޑްސް، ލަންޑަން އެފްސީ، ޓޯރާ ބޯރާ، އެފްސީ ބޮމްބާރޑް، ރިވަރސައިޑް، ޓީމު ފަސްގަނޑު، ޕޮލިސް، ޒޮމްބީސް، އަޔަން ބޯއީސް، ސްކޯޕިއަން ރިޓަރންޒް އަދި ބޮމްބާރޑް ޖޫނިއަރސް އެވެ.

މި މުބާރާތް ކުރިއަށް ގެމްދިއުމަށް ރާވާފައިވަނީ މި 11 ޓީމު 3 ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ. އަދި މުބާރާތުގެ ސެމީފައިނަލަށް ދާނީ މި 3 ގްރޫޕުން އެންމެ ގިނަ ޕޮއިންޓު ހޯދާ 3 ޓީމަށް ސީދާ ސެމީފައިނަލުން ޖާގަ ލިބޭ ގޮތަށް ކަމަށެވެ.

ސެމީގެ 4 ވަނަ ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުންވެސް ދެވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދި 3ޓީމުގެ މެދުގައި ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށެވެ.

މި މުބާރާތުގައި ޖުމްލަ 21 މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފައިވާ އިރު، ސެމީފައިނަލުގައި ޓީމުތައް ބައްދަލުކުރާނެގޮތް ކަނޑައަޅާނީ ސެމީއަށްދާ 4 ޓީމުގެ މެދުގައި ގުރުއަތުލައިގެންނެވެ.

ފައިނަލު މެޗު އޮންނާނީ ޖޫން 24 ވާ ހޮނިހިރު ދުވަހުގެ ރޭ 22:00 ގައެވެ.

މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތު މާދަމާރޭ 22:00ގައި އެކްސް ބޯއީސް އޮފީހުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރަށުގެ ކުޅުންތެރިންނަށް ވީހާވެސް ބޮޑަކަށް ކުޅުމުގެ ފުރުޞަތު ފަހިކޮށްދީ، އެކުޅުންތެރިންގެ ހުނަރު މިހާރަށްވުރެ އިތުރުކޮށް ރަށާއި އަތޮޅު ފެންވަރުގައި ފާހަގަކުރެވޭފަދަ ކުޅުންތެރިންނަށް ހެދުމުގެ މަޤުޞަދުގައި ބާއްވާ މި މުބާރާތުގައި މިއަހަރު ކުޅެވޭނީ ހަމައެކަނި ހިންނަވަރުގެ ރައްޔިތުންނަށެވެ. މީގެ އިތުރުން އެރަށުން މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހުންވެސް ހިމެނޭނީ ރަށު މީހުންގެ ގޮތުގައެވެ.

މި މުބާރާތް މި މަހުގެ 10 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވީ ނަމަވެސް މޫސުމަށް އަންނަބަދަލަކާއި ގުޅިގެން މުބާރާތުގެ ބައެއް މެޗުތައް ކުޅޭ ތާޜީޚަށް ބަދަލު ގެންނަން ޖެހުމަކީ އެކަށީގެންވާކަމެކެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރއަކީ މިއަދުނޫހެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް