އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހުން މަގު ފުރެއްދުން ހުއްޓާލާ: އިބިލީސް - ޤަތަރުން ޓެރަރިޒަމަށް އެހީދިނުން ހުއްޓާލާ: އެމެރިކާ

މީހުން މަގު ފުރެއްދުން ހުއްޓާލާ: އިބިލީސް - ޤަތަރުން ޓެރަރިޒަމަށް އެހީދިނުން ހުއްޓާލާ: އެމެރިކާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

އެމެރިކާގެ ރައީސް ޓްރަމްޕް ގަޑިއަކު އެއްފަހަރު މިހާރު ޤަތަރަށް އަންގަމުންދަނީ ޓެރަރިޒަމަށް ހޭދަކުރުން ވަގުތުން ހުއްޓައިލަންޖެހޭ ކަމަށެވެ. އެނޫން ބަހެއް އޭނާގެ ދުލުގައި މިހާރު އޮންނަ ކަމަކަށް ވެސް ނުވެއެވެ.

މިކަން ދިރާސާކޮށްލުމުން ފެންނަ ބޮޑު މަންޒަރު ވަރަށް ތަފާތެވެ. ޓެރަރިޒަމަށް އެހީތެރިވުން ހުއްޓާލުމަށް އެމެރިކާއިން އެހެން ޤައުމަކަށް އެންގުމާއި މީހުން މަގު ނުފުރައްދަން އިބިލީސް އެހެން މީހުންނަށް އެންގުމާއި ހުރި އެއްވެސް ތަފާތެއް ނެތުމުންނެވެ.

އަފްޣާނިސްތާނާއި ޕާކިސްތާނާއި މުޅި މެދުއިރުމަތީގައާއި އިރާޤާއި ލީބިޔާ ފަދަ ހުރިހައި ޤައުމުތަކެއްގައި ހަރަކާތްތެރިވަމުން އަންނަނީ އެމެރިކާ އިން އުފެއްދި އެހީތެރިވާ ހަނގުރާމަވެރިން ކަމަށްވާތީއެވެ. އައިއެސްގެ މަންމަ އަކީވެސް ބައްޕައަކީވެސް ބެލެނިވެރިޔަކީވެސް އަދި ބޭނުންވާހައި އަދަދަކަށް ފައިސާ ލިބޭ ބޭންކަކީވެސް އެމެރިކާކަން އެއީ މުޅި ދުނިޔެ ދަންނަ ކަމެކެވެ.

އަރަބިންގެ މެދުގައި މިހާރު އުފެދިފައިވާ މައްސަލައިގެ ތެރެއަށް ޓްރަމްޕާއި މުސްލިމުންގެ އަދާވާތްތެރިން ވެއްދުމަކީ އެޅޭނެ އެންމެ ކަތިފިޔަވަޅުކަން ޔަޤީންކުރަންޖެހެއެވެ. އެމެރިކާ އާއި ޒްރޭލަކީ ދުވަހަކުވެސް މުސްލިމުންނަށް ހެޔޮ އެދޭނެ ބައެއް ނޫނެވެ. މުސްލިމުންގެ މެދުގައި ހަމަޖެހުން އޮތުމަށް އެދޭނެ ބައެއް ނޫނެވެ.

އެކަން މުސްލިމުންގެ އިތުރުން މުޅި ދުނިޔެ ވެސް ޤަބޫލުކުރެއެވެ. އެއީ އެކަމުގެ ހެކިތައް ވަށައިގެން ފެންނަން ހުރުމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް