އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޭ މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފި

މޭ މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ފާއިތުވި މޭ މަހު މީރާ އަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ހާމަ ކޮށްފިއެވެ.

އެ އޮތޯރިޓީން ބުނީ މިއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާ ބަލާއިރު 5.9 އިންސައްތަ އިތުރު ޢަދަދެއް ކަމަށެވެ. އަދި މީގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ވިތުހޯލްޑިންގ ޓެކްސް، އެއަރޕޯޓް ސަރވިސް ޗާޖް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ޢަދަދު މިދިޔަ އަހަރުގެ މޭ މަހަށްވުރެ އިތުރުވުން ކަމަށެވެ.

މި އަހަރުގެ މޭ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %49.0 ނުވަތަ 598.2 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބޭންކް ޕްރޮފިޓް ޓެކްސް (317.1 މިލިއަން ރުފިޔާ ނުވަތަ %26.0) އިންނެވެ.

މީގެ އިތުރުން ބީ.ޕީ.ޓީ (72.4 މިލިއަން ނުވަތަ %5.9) ގްރީން ޓެކްސް (63.1 މިލިއަން ރުފިޔާ ނުވަތަ %5.2) އަދި އެއަރޕޯޓް ސަރވިސް ޗާރޖް (49.1 މިލިއަން ރުފިޔާ ނުވަތަ %4.0) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަ ކުރެވެއެވެ.

މެއި މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 35.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް