އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުޓްސަލް އާއި ފުޓުބޯޅައަށް ބޭނުންވާ ސާމާނު ޕާކިސްތާނުން ރާއްޖެއަށް ހަދިޔާކޮށްފި

ފުޓްސަލް އާއި ފުޓުބޯޅައަށް ބޭނުންވާ ސާމާނު ޕާކިސްތާނުން ރާއްޖެއަށް ހަދިޔާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

ފުޓްސަލް އާއި ފުޓުބޯޅައަށް ބޭނުންވާ ސާމާނު ޕާކިސްތާނުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ޔޫތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕާކިސްތާނުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި 500 ފުޓުބޯޅަ އާއި 100 ފުޓްސަލް ބޯޅަ ހިމެނެއެވެ.

ޕާކިސްތާން ސަރުކާރުގެ ފަރާތުން ކުޅިވަރު ސާމާނު ހަދިޔާކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވީ. އެޑްމިރަލް (ރިޓަޔާޑު) ސަޢީދު ޚަވާރު ޢަލީ ޝާހު އެވެ. މިތަކެއްޗާއި ރާއްޖޭގެ ސަރުކާރުގެ ފަރާތުން ޙަވާލުވެލެއްވީ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ ޕާކިސްތާން ސަރުކާރަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރާއި ވަރަށްގާތް ގުޅުމެއް ބާއްވަމުން އަންނަ އަދި ނުހަނު ގިނަ ރޮނގުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނަ ޤައުމެއް ކަމަށެވެ.

ޕާކިސްތާނުގެ އެމްބެސެޑަރ ވިދާޅުވީ ރާއްޖޭގެ ޒުވާނުން ބާރުވެރިކުރުމަށާއި ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ގެންގުޅުއްވާ ސިޔާސަތު ވަރަށްވެސް ފުރިހަމަކަމަށެވެ. އަދި ޕާކިސްތާން ސަރުކާރުން ދިވެހި ޒުވާނުންނަށް އަބަދުވެސް އިސްކަންދެއްވާ، ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މިނިސްޓަރ އިރުތިޝާމް އާދަމްވަނީ އޭޝިއަން ކަޕް ކޮލިފައިންގގައި މާދަމާ ބޫޓާނާއި ދެކޮޅަށް ދިވެހި ޤައުމީ ފުޓުބޯޅަ ޓީމު ކުޅޭމެޗުން ފުރިހަމަ ކާމިޔާބީއެއް ހޯދުމަށް ހިތްވަރުދެއްވާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް