އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޯޝަލް މީޑިއާ އާއި ދުރުވެ، ސްމާޓް ފޯނުވެސް ގެންގުޅުން ހުއްޓާލީ ރަނގަޅަށް ކިޔަވަން

ސޯޝަލް މީޑިއާ އާއި ދުރުވެ، ސްމާޓް ފޯނުވެސް ގެންގުޅުން ހުއްޓާލީ ރަނގަޅަށް ކިޔަވަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ޕަންޗްކުލާ ގެ ސަރްވޭޝް މެހެތާނީ ވަނީ އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އައިއައިޓީ) ގެ ޖޮއިންޓް އެންޓްރަންސް އެގްޒޭމް (ޖޭއީއީ) އިން މަތީ ސަނަދު ހޯދާފައެވެ. ނަމަވެސް މިކަމަށްވުރެ ބޮޑަށް މީހުންގެ ސަމާލުކަން ހުއްޓި، ގިނަ މީހުން އޭނާއަށް ތަޢުރީފު ކޮށްފައިވަނީ ފުރާވަރު އުމުރުގެ ކުއްޖަކަށްވާ އިރު، ދެ އަހަރު ވަންދެން ސޯޝަލް މީޑިއާ އާއި ދުރުގައި އަދި ސްމާޓްފޯނެއް ވެސް ނުގެންގުޅެ އޭނާއަށް އުޅެވުނީތީއެވެ.

ބޮމްބޭ ގެ އައިއައިޓީ އަށް ކޮމްޕިއުޓަރ ސައިންސް ކިޔަވަން ދިޔަ ސަރްވޭޝް ބުނީ "ސޯޝަލް މީޑިއާ އާއި ދުރަށް ދިޔުމަކީ ދިރިއުޅުމަށް ރަނގަޅަށް ފޯކަސް ކުރުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް" ކަމަށެވެ.

"ކުރިން ސޯޝަލް މީޑިއާ ބޭނުން ކުރި އިރު އަހަރެން ހައްދު ފަހަނަ އެޅި. އަބަދުވެސް އިނދެވެނީ އެއަށް ގެއްލިފަ. ރަނގަޅަށް ނުކިޔެވޭ. އެހެންވެ މީގެ ދެ އަހަރު ކުރިން މިކޯސް ލިބުމުން އަހަރެން ބޭނުންވީ ވަރަށް މަތިން ފާސްވާން. އެހެންވެ ސްމާޓްފޯނު ގެންގުޅުން ހުއްޓާލިން އަދި ސޯޝަލް މީޑިއާ ބޭނުން ކުރުން އެއްކޮށް ހުއްޓާލިން" އައިއައިޓީ ޖޭއީއީ އިން %95.4 ހޯދި ސަރްވޭޝް ކިޔާ ދިނެވެ.

ސޯޝަލް މީޑިއާ ބޭނުން ނުކޮށް ސްމާޓްފޯނެއް ވެސް ނުގެންގުޅުމުގެ އިތުރުން ސަރްވޭޝް ބުނިގޮތުގައި އޭނާ އެވަރަށް މީހުންނާއި ބައްދަލެއް ނުކުރެއެވެ.

"ރަޙްމަތްތެރިންނާއި ވާހަކަ ދައްކަނީ ފޯނުން. ވަރަށް މުހިންމު ކަމެއް ޖެހިގެން ނޫނީ ބައްދަލެއް ނުކުރަން." ސަރްވޭޝް ބުންނެވެ.

އޭނާ ބުނިގޮތުގައި، އޭނާ ބޭނުންވީ ކިޔެވުމަށް ބޮދަށް ސަމާލުކަންދީ އެކަމުން ފުރިހަމަ ކާމިޔާބީއެއް ހޯދާށެވެ. އަދި އޭނާއަށް އެޙިޔާލާއި ހިތްވަރު ލިބުނީ އާމިރް ޚާންގެ ފިލްމު "3އީޑިއަޓްސް" އިން ކަަމަށް ސަރްވޭޝް ބުންޏެވެ. އިންޖިނިއަރަކަށްވާން ފިލާވަޅު ދަސްކުރުމާއި، އެމާއްދާ ރަނގަޅަށް ދެނެގަތުމުގެ ތަފާތަކީ ކޮބާކަން އޭނާއަށް އެފިލްމުން ރަނގަޅަށް ދޭހަވި ކަމަށް އޭނާ ބުންޏެވެ.

ސަރްވޭޝް ބުނި ގޮތުގައި، ސްކޫލް ގަޑިއާއި ޓިއުޝަން ގަޑީގެ އިތުރުން ދުވާލަކު ފަސް ގަޑީރު ނުވަތަ ހަ ގަޑީރު ފިލާވަޅު ދަސްކުރަން އޭނާ ހޭދަ ކުރެއެވެ. އަދި ބަންދު ދުވަސް ތަކުގައި ދުވާލަކު އަށް ގަޑީރު ފިލާވަޅު ދަސްކުރަން ހޭދަ ކުރެއެވެ. ކޮންމެ ދުވަހަކު ވެސް މިތާވަލާއި އެއްގޮތަށް ޢަމަލު ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ