އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެރޭ އެންމެންނަށް ގަދަ 10 އެއްގައި ވާދަކުރެވޭ. އިނާމު ހުސްނުވާ މުބާރާތް ބުދަ ދުވަހުގެ ރޭ ފެށެނީ!

ކެރޭ އެންމެންނަށް ގަދަ 10 އެއްގައި ވާދަކުރެވޭ. އިނާމު ހުސްނުވާ މުބާރާތް ބުދަ ދުވަހުގެ ރޭ ފެށެނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ކެރޭ އެންމެންނަށް ގަދަ 10 އެއްގައި ވެސް ވާދަކުރެވޭ މިއަހަރުގެ މުބާރާތް ބުދަ ދުވަހުގެ ރޭ ފެށެނީއެވެ. އެހެން ހުރިހާ މުބާރާތްތަކާއި މި މުބާރާތާއި ހުރި ތަފާތަކީ މި މުބާރާތަށް ލިބޭ އިނާމުގެ އަދަދު އެއްވެސް ބައިވެރިއަކަށް ނުއެނގުމެވެ. އެނގި ޔަޤީން ކުރެވޭ ކަމަކީ މުބާރާތަށް އިނާމުލިބުގައި އެއްވެސް ލިމިޓެއް ނުވަތަ ހައްދެއް ނެތް ކަމާއި އެމީހަކު ބޭނުންވަރަކަށް އިނާމު ހޯދުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފައިވާ ކަމެވެ.

އެހެން މުބާރާތްތަކާއި މި މުބާރާތުގެ ތަފާތަކީ ބައިވެރިވާން ބޭނުން ކޮންމެ މީހަކަށް ބައިވެރިވެވުމުގެ އިތުރުން ގަދަ 10 ގައިވެސް ވާދަކުރެވޭ ކަމެވެ. ހަމަ އެންމެ މީހަކު ވެސް ފެއިލްވުމެއް ނެތިއެވެ. ހިތްވަރު ދެރަވެ ފެއިލްވާނަމަ އެއީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމަކެވެ.

މި މުބާރާގެ ގަދަ 10 އަކީ ހަޤީޤަތުގައިވެސް ހަމަ އެންމެ ގަދަ 10 އެކެވެ. މާތް ﷲ ގެ ޙަޟްރަތުން އެންމެ ގިނަ ސަވާބާއީ ދަރުމަ ލިބުން ވަނީ އެ 10 ގައިކަމަށްވާތީއެވެ. އެންމެ ގިނަ އަދަދެއްގެ މަލާއިކަތް ބޭކަލުން ބިންމައްޗަށް ފައިބާ ވަޑައިގަންނަވާނީ މި ގަދަ 10 ގައެވެ. އެންމެ ގިނަ ބައަކު ނަރަކައިން ސަލާމަތްވާނީ ވެސް އަދި އެންމެ ގިނަ ބައަކު ސުވަރުގެ ވަންނާނީވެސް ހަމަ މި ގަދަ 10 ގައެވެ.

އެހެންކަމުން ގަދަ 10 އަކަށް ކުރިމަތިލާއިރު ބަލައިލުން ރަނގަޅު އަދި ވިސްނައިލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އިތުރު ހިތްވަރާއި ބުންވަރު ބޭނުންވާތީއެވެ. މުބާރާތުން ވީހައި ރަނގަޅު ނަތީޖާއެއް ޙާޞިލުކުރުމަށްޓަކައެވެ.

މިމުބާރާތާއި ގުޅިގެން މުފްތީ އިސްމާޢީލް މެންކް ވިދާޅުވަނީ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް