އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކްޓްރެސް ކްރިތިކާ ޗޯދަރީ އޮތީ މަރާލާފައި ކަމަށް ޕޯސްޓްމޯޓަމުން ދައްކައިފި

އެކްޓްރެސް ކްރިތިކާ ޗޯދަރީ އޮތީ މަރާލާފައި ކަމަށް ޕޯސްޓްމޯޓަމުން ދައްކައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު



އިންޑިއާގެ އެކްޓްރެސް ކްރިތިކާ ޗޯދަރީ ވަނީ މަރުވެފައި އޮއްވާ މިދިޔަ ހޯމަ ދުވަހު ފެނިފައެވެ.

ބާއިރަވްނާތު އެސްއާރްއޭ ސޮސައިޓީގެ އަނދޭރީ ވެސްޓް ރެސިޑެންސްގައި ދިރިއުޅުނު ކްރިތިކާ، މަރުވެފައި އޮއްވާ ފެނުނީ އޭނާ ގިރިއުޅޭ ގެއިން ކުނި ވަހެއް ދުވާކަމަށް ކްރިތިކާގެ އަވައްޓެރިން ފުލުހުންނަށް އެންގުމުން، ފުލުހުން އެގެއަށް ގޮސް ބެލުމުންނެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނުތާ އެއްދުވަސް ފަހުން މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ އަމްބޮލީ ފުލުހުން ބުނެފައިވަނީ ކްރިތިކާ ޗޯދަރީ މަރުވީ ނޫން ކަމަށާއި އޭނާގެ ބޮލުގެ ކަނާތް ފަރާތުގައި ދަގަނޑު އެއްޗަކުން ޖަހާފައި ހުރިކަން ކޫޕަރ ހޮސްޕިޓަލުން ހެދި ޕޯސްޓްމޯޓަމް ރިޕޯޓުތަކުން ހާމަވެއްޖެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މުމްބައި ފުލުހުންގެ ސްޕޯކްސް ޕަރސަން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (އޮޕަރޭޝަންސް) ރަޝްމީ ކަރަންދިކަރް ބުނެފައިވަނީ ކްރިތިކާ ޗޯދަރީ މަރާލާފައިވާ ކަމަށާއި މިހާރު އޭނާގެ މަރުގެ މައްސަަލަ ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.
ކްރިތިކާ މަރުވެފައިވާ އޮއްވާ ފެނުން އިރު، ފުލުހުން އެންމެ ފުރަތަމަ ނިންމީ އެއީ އެކްސިޑެންޓަލް މަރެއް ކަމަށެވެ. ކްރިތިކާ މަރުވެފައި އޮއްވާ ފެނުނީވެސް މަރުވިތާ ދެ ދުވަސްވަރު ފަހުންނެވެ.

ހައިދަރްއާބާދަށް އުފަން އުމުރުން 30 އަހަރުގެ ކްރިތިކާ ވަނީ ބައެއް ޓެލެވިޟަން ސީރީސްތަކުގައި މަސައްކަތް ކޮށްފައެވެ. އަދި ކަންގްނާ ރަނާވަތު އާއިއެކު 2013 ވަނަ އަހަރު ފިލްމު "ރައްޖޯ" އިންވެސް ކްރިތިކާ ފެނިފައިވެއެވެ.

ކްރިތިކާގެ ހަށިގަނޑާއި ހަވާލުވެ ޖަނާޒާގެ ކަންތައް ނިންމުމަށް، އާއިލާއަށް އަންގާފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި އެމީހުން އަންނާނެ ކަމަށެވެ. ތަޙުޤީޤުގައި އާއިލާގެ މެންބަރުންނާއި ވެސް ވާހަކަ ދައްކާ ބަޔާން ނަގާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

"މިހާރުވެސް މިމައްސަލާގައި ބައެއް ފަރާތްތަކާއި ވަނީ ސުވާލު ކޮށްފަ. އޭގެ ތެރޭގައި އެފްލެޓަށް ކިރާއި ތަރުކާރީފަދަ ތަކެތި ގެންގޮސްދޭ މީހާއާއި އެބިލްޑިންގ ގެ ވޮޗްމަން ވެސް ހިމެނޭ" މީޑިއާ އަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވެއެެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ