އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތާމަހުރި ކަމެއް: ކައު އިތުރު ރަސޫލާ (ﷺ) އަށް ފުރައްސާރަކުރުމުން ދޭނެ ޢުޤޫބާތެއް (ރާއްޖޭގަ) ކަނޑައެޅޭކަށް ނެތް: ޝައިޚް ޝުއައިބް

ހިތާމަހުރި ކަމެއް: ކައު އިތުރު ރަސޫލާ (ﷺ) އަށް ފުރައްސާރަކުރުމުން ދޭނެ ޢުޤޫބާތެއް (ރާއްޖޭގަ) ކަނޑައެޅޭކަށް ނެތް: ޝައިޚް ޝުއައިބް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

އަޅުގަނޑުމެންގެ ލޯބި މާތް ﷲ ފިޔަވައި އެފަރާތަކަށް އެންމެ ބޮޑަށް އަދާކުރަންޖެހޭ ކައު އިތުރުު ރަސޫލާ މުޙައްމަދު (ﷺ) އަށް ކިތަންމެ ވަރަކަށް ފުރައްސާރަކުރި ނަމަވެސް އެމީހަކަށް ދޭނެ އުޤޫބާތެއް (ރާއްޖޭގައި) ކަނޑައެޅެން ނެތް ކަމަށާއި އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް އައްޝައިޚް އަހްމަދު ޝުޢައިބް ވިދާޅުވެއްޖެއެވެ.

މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސް ދެއްވަމުން ޝައިޚް ޝުޢައިބް ވިދާޅުވީ މީހަކު ކައު އިތުރު ރަސޫލާއަށް ފުރައްސާރަކުރުން ހުއްޓައިނުލާނަމަ އެކަމަށް މަރުގެ އަދަބު ހުއްދަވެގެންވާ ދަލީލުތައް ފެންނަން އެބަހުރި ކަމަށެވެ.

އެކަން ބަޔާންކޮށްދެއްވަމުން ޝައިޚް ޝުޢައިބު ވިދާޅުވީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށް ފުރައްސާރަކުރާމީހުން އަޅުގަނޑުމެންގެތެރޭގައި އެބައުޅޭ ކަމަށާއި އެފަދަ މީހުންގެ ޙުކުމަކީ މަރުގެ އަދަބުދިނުން ނުވަތަ ބިމުގައި ފަސާދަކުރާ މީހުންނަށް ދޭ އަދަބު ދިނުން ކަމަށެވެ.

ޝައިޚް ޝުޢައިބް ވިދާޅުވީ ކައު އިތުރު ރަސޫލާގެ ހަޔާޕްޕުޅުގައި އިތުރު އެކަލޭގަފާނަށް ފުރައްސާރަކުރުން ހުއްޓައި ނުލި މީހެއްގެ ބަނޑަށް ހަންޖަރު ހަރައި މަރައިލެވުނު ކަމަށެވެ. އަދި އެކަން އިތުރުު އެކަލޭގެފާނަށް އެނގިވަޑައިގަތުމުން މަރުގެ ދިޔަ ނުނެންގެވި ކަމަށެވެ.

"އެއީ ލޯފަން ބޭފުޅެއް. އޭނާގެ އަޅަކު އަބަދު ކައު އިތުރު ރަސޫލާއަށް ފުރައްސާރަކުރަނީ. އެއްދުވަހު ގެއަށް ވަޑައިގެންނެވިއިރު އޭނާ ގެންދިއައީ އިތުރު އެކަލޭގެފާނަށް ފުރައްސާރަކުރަމުން. އެތައް ފަހަރަކު ވަނީ އޭނާއަށް އެގޮތަށް އެކަން ނުކުރަން އަނގަވާފަ. ނަމަވެސް އޭނާ ހުއްޓާނުލައި އެކަން ކުރަމުން އައީ. އެންމެފަހުން ހަންޖަރު ނަންގަވާފަ އޭނާގެ ބަނޑަށް ހަރާލެއްވީ."

ޝައިޚް ޝުއައިބް ވިދާޅުވީ މިކަމާއި ގުޅިގެންއެއްވެސް ބަދަލެއް ދޭން ނުޖެހޭނެކަމަށް (މަރުގެ ދިޔަ ނަގަން ނުޖެހޭކަން) އިތުރު އެކަލޭގެފާނު ބަޔާންކުރެއްވެވި ކަމަށާއި އެކަމުން އެނގިގެންދަނީ މިފަދަ މީހުން މަރާލެވުމުން އެކަމަށް އެއްވެސް އުޤޫބާތެއް ނެތްކަން ކަމަށެވެ. އަދި މިއީ މިފަދަ މައްސަލައެއް ޝަރީއަތަށް ދިއަ ނަމަވެސް އަންނާނެ ހުކުމް ކަމަށެވެ.

ޝައިޚް ޝުޢައިބް ވިދާޅުވީ ކައު އިތުރު ރަސޫލާއަށް ލޯބިކުރުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ އަމުރުފުޅެއް ކަމަށެވެ. "މާތް ﷲ އަށް އީމާންވުމަށްފަހު ދެން އޮތީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށް ތަބަވެ އިތުރު އެކަލޭގެފާނުގެ ސުންނަތަށް އަމަލުކުރުން ކަމަށެވެ.

ޝައިޚް ޝުޢައިބް ވިދާޅުވީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށް ލޯބިކުރާކަމަށް ދުލުން ބުނުމަކުން އެކަނި ނުފުދޭނެ ކަމަށާއި އެމީހާގެ އަމަލުތަކުންވެސް އެކަން ދައްކަން ޖެހޭނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް