އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްރާފު ނުކުރުން

އިސްރާފު ނުކުރުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

މިއީ އިސްރާފް ކުރުމުގެ މައްސަރެއް ނޫނޭ އަޚުން އުޚުތުން
................... މިއީ ކެއުމާ ކުޅެންވީ މައްސަރެއް ނޫނޭ އަޚުން އުޚުތުން
ޒަކާތްދީ ނިކަމެތިންނަށް ވާ އެހީއިން ދަރުމަ އިތުރުވެޔޭ
................... ޒަކާތުގެ ބައި އިތުރުކުރުމުން ސަވާބު ލިބޭ އަޚުން އުޚުތުން
ކެއިން ބުއިމަށް ވުރެން އަޅުކަމުގެ ވަގުތަށް އިސްކަމެއް ދީގެން
................... ކެއުން މަދުކޮށް ގިނައިން އަޅުކަންކުރަން ވިސްނާ އަޚުން އުޚުތުން
ތަވާޟުޢު ވެރި ކަމާއެކުގައި އަވާގައި ނުޖެހި ކާތަކެތިން
................... ސަވާބުގެ ތިލަފަތަށް ބަރުވާނެހެން އުޅެމާ އަޚުން އުޚުތުން
ވެވޭ އިސްރާފު ކާތަކެތިން ނުކޮށް އަޒުމާއެކީ ތިބެގެން
................... ވެވޭ އަޅުކަމުގެ މަގްސަދަކީ ލިބުން ޖަންނަތް އަޚުން އުޚުތުން
ލިބޭ ހައިހޫނުކަން ފިލުވަން ލބޭ ފައިދާ ރަނގަޅުކަނާ
................... ލިބޭ މިންވަރުގެ ސުފުރާއެއް ހެދުން ރަނގަޅޭ އަޚުން އުޚުތުން
ހިތުގެ އީމާންކަމުގެ ނޫރުން މިތުރުނޭ އަލިކަމެއް ދީގެން
................... އިތުރ ފާގަތި މިމައްސަރުގައި އުޅުން ރަނގަޅޭ އަޚުން އުޚުތުން
އިލާހީ އަޅަމެނަށް ތެދުމަގު މިބިމުގައި ދައްކަވާފާނދޭ
................... އިލާހީ ޙަޟްރަތަށް މާތް ހެޔޮދުޢާ ކުރަމާ އަޚުން އުޚުތުން

Advertisement

ކޮމެންޓް ކުރެއްވުމަށް








ފާތިމަތު ސަޢީދު، ޗަމްޕާޕޫލުމާގެ، ސ. ހިތަދޫ